ލޯކަލް ޓޫރިޒަމް ފުޅާކުރުމާއި ބެހޭ ގޮތުން ޓޫރިޒަމް މިނިސްޓްރީން 2 އަތޮޅެއްގެ ކައުންސިލާ މަޝްވަރާކޮށްފި

ރާއްޖޭގައި ލޯކަލް ޓޫރިޒަމް ފުޅާކުރުމާއި ބެހޭ ގޮތުން ޓޫރިޒަމް މިނިސްޓްރީން 2 އަތޮޅެއްގެ ކައުންސިލާ މަޝްވަރާކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ސަރުކާރުގެ ސްޓްރެޓެޖިކް ޕްލޭންގައި ހިމެނޭ ލޯކަލް ޓޫރިޒަމް ފުޅާކުރުމާއި ބެހޭ ގޮތުން މަޝްވަރާކޮށްފައިވަނީ ބުނީ ހދ. އަތޮޅާއި ށ. އަތޮޅުގެ ރަށްރަށުގެ ކައުންސިލާ ކަމަށެވެ.

އިޝްތިހާރު Below Header ad

ސަރުކާރުގެ ސްޓްރެޓެޖިކް ޕްލޭންގައި ހިމަނާފައިވާ “ޓޫރިޒަމް ޑައިވަރސިފިކޭޝަން އެންޑް ލޯކަލައިޒޭޝަން” ޕްރޮޖެޓްގެ ދަށުން ރަށްރަށުގައި ލޯކަލް ޓޫރިޒަމް ފުޅާކުރުމާއި ބެހޭ ގޮތުން ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި އެ ދެ އަތޮޅުގެ މަޖިލިސް މެމްބަރުންނާއި އަތޮޅު ކައުންސިލް ރައީސުން ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށް މިނިސްޓްރީން ބުނެ އެވެ.

މި ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ މިނިސްޓަރ ޑރ. ޢަބަދުﷲ މައުސޫމްއާއި މިނިސްޓްރީގެ އެކްސްކޮމް މެމްބަރުންނާއި ޓޫރިޒަމް ޑައިވަރސިފިކޭޝަން އެންޑް ލޯކަލައިޒޭޝަން ޕްރޮޖެކްޓްގެ މުވައްޒަފުން ނެވެ.

މިބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ފަތުރުވެރިކަމުން ރައްޔިތުންނަށް ސީދާ ގޮތުންނާއި ނުސީދާގޮތުން ފައިދާ ހޯދައިދިނުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކައުންސިލްތަކާ ގުޅިގެން ކުރައްވާނެކަމުގެ ޔަގީންކަން ކައުންސިލްތަކަށް ދެއްވާ ކަމަށެވެ.

“ރަށުގައި ފަތުރުވެރިކަން ކުރިއަރުވާ ހިންގުމަށް ކައުންސިލްތަކަށް ބޭނުންވާ ފަންނީ އެހީ މިނިސްޓްރީން ފޯރުކޮށްދޭން ވަނީ ނިންމާފަ.” މިނިސްޓަރު ވިދާޅުވި އެވެ.

ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގައި ފަތުރުވެރިކަމުގެ ސިނާއަތަށް ކަނޑައަޅާފައިވާ 6 ސިޔާސަތުގެ ދަށުން ކައުންސިލްތަކާއި ގުޅުންހުރި އެކިއެކި ފަތުރުވެރިކަމުގެ ހަރަކާތްތަކުގެ މައުލޫމާތު ވަނީ ކަައުންސިލުތަކަށް ވަނީ ދީފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.