ޔޫރޯ 2020 ޓީމް ޕްރޮފައިލް- ސްކޮޓްލެންޑް

ޔޫރަޕް ފުޓްބޯޅައިގައި ސްކޮޓްލެންޑް އަކީ އެއްވެސް ވަރަކަށް ކާމިޔާބު ގައުމެކޭ ދެންނެވޭކަށް ނެތެވެ. އެގޮތުން މިހާތަނަށް އެގައުމުގެ ތާރީޚުގައިވެސް ކުޅެފައިވަނީ ޔޫރޯ ފުޓްބޯޅަ ދެ މުބާރާތެކެވެ. އެއީ އަލަށް އެ ގައުމު ކޮލިފައިވި 1992 ވަނަ އަހަރުގެ މުބާރާތާއި 1996 ވަނަ އަހަރުގެ މުބާރާތެވެ. އެ ދެމުބާރާތުން ވެސް އެގައުމު ވަނީ ގުރޫޕް ސްޓޭޖުން ކަޓާފައެވެ. މިފަހަރުގެ ޔޫރޯ މުބާރާތަކީ އެގައުމު ވާދަކުރާ ތިންވަނަ ޔޫރޯ މުބާރާތެވެ.

ކޮލިފައިވީ ގޮތް

އިޝްތިހާރު Below Header ad

މިފަހަރުގެ ޔޫރޯ ކޮލިފައިންގައި ސްކޮޓްލެންޑް ހިމެނުނީ ކޮލިފައިން ގުރޫޕް އައިގައެވެ. އެއީ މިފަހަރުގެ މުބާރާތަށް ކޮލިވެފައިވާ ބެލްޖިއަމް، އަދި ރަޝިއާވެސް ހިމެނޭ ގުރޫޕެވެ. ސްކޮޓްލެންޑަށް މި ގުރޫޕުން ލިބުނީ ތިންވަނައެވެ. އެހެން ކަމުން އެގައުމު ޖެހުނީ ޔޫރޯ އަށް ކޮލިފައިވުމަށްޓަކައި ޕްލޭއޮފް ކުޅޭށެވެ. ސްކޮޓްލެންޑް ޔޫރޯ މުބާރާތަށް ކޮލިފައިވެފައިވަނީ ޕްލޭއޮފްގައި ސާބިއާ ބަލިކުރުމަށް ފަހުގައެވެ.

ކޯޗް

0 JS184415566

ސްކޮޓްލެންޑް ގައުމީޓީމުގެ ކޯޗެއްގެ ގޮތުގައި މިވަގުތު ހަރަކާތްތެރިވަމުން އަންނަނީ އެގައުމަށް ނިސްބަތްވާ އުމުރުން 57 އަހަރުގެ ސްޓީވް ކްލާކްއެވެ. އޭނާ ސްކޮޓްލެންޑްގެ ގައުމީޓީމުގެ ކޯޗުކަމާއި ހަވާލުވީ 2019 ވަނަ އަހަރުގައެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ ބޮޑެތި ގިނަ ކުލަބުތަކުގެ އެސިސްޓެންޓް ކޯޗުކަން  އޭނާ ކޮށްފައިވެއެވެ. އެގޮތުން ޗެލްސީ، ނިއުކާސަލް، ލިވަޕޫލް، ވެސްޓްހޭމް ފަދަ ކުލަބުތަކުގެ އެސިސްޓެންޓް ކޯޗުކަން އޭނާ ވަނީ ކޮށްފައެވެ. ސްކޮޓްލެންޑްގެ ކޯޗުކަމާއި އޭނާ ހަވާލުވީ ޕްރިމިއާ ލީގުގައި ކާމިޔާބު ކޯޗެއްގެ ލަގަބުލިބި ގިނަ ތަޖުރިބާތަކަކާއި އެކުގައެވެ. ކްލާކްގެ އިރުޝާދުގެ ދަށުން ސްކޮޓްލެންޑް މިފަހަރުގެ ޔޫރޯގައި ރަނގަޅު ކާމިޔާބީއެއް ހޯދާނެ ކަމަށް ބެލެވެއެވެ. ކްލާކް ސްކޮޓްލެންޑްގެ ކޯޗުކަމާއި ހަވާލުވި ފަހުން އެގައުމުން ނެރެމުން އަންނަ ނަތީޖާތައް އެތަކެއް ގުނައެއް ރަނގަޅެވެ. ނަތީޖާއެއްގެ ގޮތުން ގިނަ އަހަރުތަކަކަށް ފަހު މިފަހަރުގެ ޔޫރޯއަށް ސްކޮޓްލެންޑް ކޮލިފައިވުން ހިމެނެއެވެ.

ކީޕްލޭޔަރ

methode sundaytimes prod web bin dd39e6b6 0889 11ea 95f8 0527ef6046c9

ޖޯން މެގިން: ޖޯން މެގިން އަކީ މިވަގުތު ސްކޮޓްލެންޑްގައި ހުރި އެންމެ އިތުބާރު މިޑްފީލްޑް ކުޅުންތެރިޔާއެވެ. އުމުރުން 26 އަހަރުގެ މެގިން އަކީ އިނގިރޭސި ޕްރިމިއާ ލީގުގެ ކުލަބެއް ކަމުގައިވާ އެސްޓަން ވިލާއަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. އޭނާ ވަނީ ނިމިގެން ދިޔަ ސީޒަނުގައި އެސްޓަން ވިލާގައި ރަނގަޅު ކުޅުމެއް ވެސް ދައްކާފައެވެ. 2016 ވަނަ އަހަރު ސްކޮޓްލެންޑްގެ ގައުމީޓީމުން ފުރުސަތު ލިބުނު މެގިން މިހާތަނަށް ސްކޮޓްލެންޑްގެ ގައުމީޓީމަށް 32 މެޗު ކުޅެދީފައިވާއިރު އޭނާ ވަނީ 10 ލަނޑުވެސް ޖަހައިދީފައެވެ. މިފަހަރުގެ ޔޫރޯ މުބާރާތަށް ސްކޮޓްލެންޑް ކޮލިފައިވުމުގައި މެގިންގެ ދައުރު ވަރަށް ބޮޑެވެ.

ގުރޫޕުގައި އޮތް ފުރުސަތު

މިފަހަރުގެ ޔޫރޯގައި ސްކޮޓްލެންޑް ލައްވާލާފައިވަނީ ގުރޫޕް ޑީގައެވެ. މިއީ ނިސްބަތުން އެ ޓީމަށް އުނގދަގޫ ގުރޫޕަކަށް ވާނެއެވެ. މި ގުރޫޕުގައި ދެން އޮތީ އިންގްލެންޑް، ކްރޮއޭޝިއާ، ޗެކްރިޕަބްލިކްއެވެ. މިއީ ހައްތަހާވެސް ޔޫރަޕްގެ ފުޓްބޯޅައިގައި ވަރުގަދަ ބާރުތަކެވެ. އެހެން ކަމުން މި ގުރޫޕުން ސަލާމަތްވުމަކީ ސްކޮޓްލެންޑްއަށް އުނދަގޫކަމަކަށް ވާނެއެވެ.

ގުރޫޕް ސްޓޭޖުގައި ކުލޭ މެޗުތައް

14 ޖޫން- ސްކޮޓްލެންޑް- ޗެކްރިޕަބްލިކް

18 ޖޫން- ސްކޮޓްލެންޑް- އިންގްލެންޑް

22 ޖޫން- ސްކޮޓްލެންޑް- ކްރޮއޭޝިއާ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.