ޚަބަރު ފީތާ

ޔޫރޯ 2020 ޓީމް ޕްރޮފައިލް- ޗެކްރިޕަބްލިކް

ޔޫރަޕްގައި އެންމެ ފުރަތަމަ ބޭއްވުނު ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޗެކްރިޕަބްލިކް ވަނީ ވާދަކޮށްފައެވެ. 1960 ވަނަ އަހަރުގެ މި މުބާރާތުގެ ތިންވަނަ އެ ގައުމުން ހޯދިއެވެ. އޭގެ ފަހުން 1976 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވުނު ޔޫރޯ މުބާރާތުގެ ތަށި އެގައުމުން އުފުލާލިއެވެ. އޭގެ ފަހުން ޖެހިގެން އައި މުބާރާތުގެ ތިންވަނަ ހޯދިއިރު، 1996 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލަށް ދަތުރު ކުރިއެވެ. 1996 ވަނަ އަހަރުގެ މުބާރާތުން ފެށިގެން ގަވައިދުން ޔޫރޯގައި ވާދަކުރަމުން އަންނަ ޗެކްރިޕަބްލިކް އަށް ޔޫރޯގައި ހޯދުނު އެންމެ ބޮޑު ކާމިޔާބަކީ 1976 ވަނަ އަހަރުގެ މުބާރާތުގެ ތަށި ހޯދުމެވެ.

ކޮލިފައިވީ ގޮތް

ޗެކްރިޕަބްލިކް މިފަހަރުގެ ޔޫރޯ އަށް ކޮލިފައިވީ ކޮލިފައިން ގުރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައެވެ. ކޮޮލިފައިންގައި ޗެކްރިޕަބްލިކް ކުޅުނު 8 މެޗުގެ ތެރެއިން 5 މެޗުން މޮޅުވިއިރު، 3 މެޗުން ވަނީ ބަލިވެފައެވެ.

ކޯޗު

ޗެކްރިޕަބްލިކްގެ ކޯޗަކީ އެގައުމަށް ނިސްބަތްވާ އުމުރުން59 އަހަރުގެ ޖޯރަސްލާވް ސިލާވީއެވެ. އޭނާ ޗެކްރިޕަބްލިކްގެ ގައުމީޓީމުގެ ކޯޗުކަމާއި ހަވާލުވީ2018 ވަނަ އަހަރުގައެވެ. ޗެކްރިޕަބްލިކްގެ ގިނަ ކުލަބުތަކަކަށް ކޯޗުކޮށްދީފައިވާ ސިލާވީ އަކީ ކޯޗިން ކެރިއަރުގައި މާ ކާމިޔާބު ކޯޗެއް ނޫނެވެ. މިފަހަރުގެ މުބާރާތަކީ އޭނާގެ ކޯޗުކަމުގެ ދަށުން ޗެކްރިޕަބްލިކް ކުޅޭ ފުރަތަމަ ބޮޑު މުބާރާތެވެ.

ކީޕްލޭޔަރ

ވިލަޑިމިރް ޑަރިޑާ: އުމުރުން 30 އަހަރުގެ މިޑްފީލްޑަރ ޑަރިޑާ އަކީ މިވަގުތު ޗެކްރިޕަބްލިކްގެ ޓީމުގެ މައި ތަނބެވެ. 2012 ވަނަ އަހަރު ޗެކްރިޕަބްލިކްގެ ގައުމީޓީމަށް ކުޅެން ފެށި ޑަރީޑާ އަކީ ޗެކްރިޕަބްލިކް ޓީމުގެ ކެޕްޓަންވެސް މެއެވެ. ޖަރުމަންގެ ހާތާބާލިން އަށް ކުޅެމުން އަންނަ ޑަރިޑާ ގައުމީޓީމަށް މިހާތަނަށް 71 މެޗު ކުޅެދީ 8 ގޯލް ޖަހާފައިވެއެވެ. މިފަހަރުގެ ޔޫރޯ މުބާރާތަށް ޗެކްރިޕަބްލިކް ކޮލިފައި ކޮށްދިނުމުގައި އޭނާގެ ދައުރު ބޮޑެވެ.

ގުރޫޕުގައި އޮތް ފުރުސަތު

ޗެކްރިޕަބްލިކް ހިމެނެނީ އިންގެލެންޑް، ކްރޮއޭޝިއާ އަދި ސްކޮޓްލެންޑާއި އެއް ގުރޫޕެއްގައެވެ. އެއީ ގުރޫޕް ޑީގައެވެ. މި ގުރޫޕަކީ ޗެކްރިޕަބްލިކް އަށް ފަސޭހަ ގުރޫޕަކަށް ނުވާނެއެވެ.

ގުރޫޕް ސްޓޭޖްގެ މެޗުތައް

14 ޖޫން- ޗެކްރިޕަބްލިކް – ސްކޮޓްލެންޑް

18 ޖޫން- ޗެކްރިޕަބްލިކް – ކްރޮއޭޝިއާ

23 ޖޫން- ޗެކްރިޕަބްލިކް – އިންގްލެންޑް

Like
Like Love Haha Wow Sad Angry