ޖުމްހޫރީ ޕާޓީގެ ވަރުގަދަ ރައްދެއް ހިސާން ހުސައިންއަށް

ޖުމްހޫރީ ޕާޓީގެ ވަރުގަދަ ރައްދެއް ތުޅާދޫ ދާއިރާގެ މެމްބަރު އަލް އުސްތާޛާ ހިސާން ހުސައިންއަށް ދެއްވައިފި އެވެ.

މިއީ މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުމަކީ ޖިނާއީ ކުށެއްކަމުގައި ކަނޑައެޅޭގޮތަށް ސަރުކާރުގެ ފަރާތުން ހިސާން ހުސައިން ހުށަހެޅި އިސްލާހާއި ގުޅިގެން ޖޭޕީން ދިން ރައްދެކެވެ.

އިޝްތިހާރު Below Header ad

ޖޭޕީގެ ބަޔާނުގައި ބުނީ ފާސްކޮށް ތަސްދީގުކޮށްފިނަމަ، އިސްލާމްދީނާ ދެކޮޅަށް ފާޅުގައި ވާހަކަދައްކާ ހަދާ މީހުންނަށް އެ ހުޅުވާލަދެވުނީ އެކަން ކުރުމުގެ ގާނޫނީ ދޮރެއްކަމަށެވެ.

ޖުމްހޫރީ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ މިފަދައިން ބިލް އިސްލާހުކޮށް ފާސްކޮށް އަދި ތަސްދީގުކޮށްފިނަމަ، މިކަން ވެގެންދާނީ މާތް ﷲ އަށާއި، އެކަލާނގެ ރަސޫލާއަށް ފުރައްސާރަކޮށް ފާޅުގައި ވާހަކަދައްކާ ހަދާ މީހުންނަށް ހުޅުވާލެވޭ ގާނޫނީ ދޮރަކަށް ކަމަށެވެ.

މީގެ އިތުރުން އިސްލާމްދީނާ ދެކޮޅަށް ވާހަކަދައްކާ ހަދާ މީހުންނާމެދު އަޅާނެ ފިޔަވަޅުތައް މިހާރުހަދާފައިވާ ގާނޫނުތަކުގައި ބުނެވިފައިވީ ނަމަވެސް އެއްވެސް ސަރުކާރަކުން މިފަދަ އެއްވެސް މީހަކާމެދު ތަހުގީގެއް ހިންގައި ފިޔަވަޅެއް އަޅާފައިވޭތޯ ޖޭޕީން ވަނީ ސުވާލު އުފައްދާފަ އެވެ.

އެހެންނަމަވެސް މިހާރު ހުށަހަޅާފައިވާ އިސްލާހުގައި އިސްލާމްދީނަށް ފުރައްސާރަކޮށް ހަދާ މީހަކާ ދިމާލަށް ލާދީނީ މީހެކޭ ބުނެފިނަމަ އެމީހަކަށް ފިޔަވަޅު ނާޅާ ދޫކޮށްލާފާނެ ކަމަށް ބެލެވެން ނެތްކަމަށް ޖޭޕީގެ ބަޔާނުގައި ބުނެފައި ވެއެވެ.

ޖޭޕީން ބުނީ މާތް ﷲ އަށާއި، އެކަލާނގެ ރަސޫލާއަށް ފުރައްސާރަކޮށް ބަދުބަސް ބުނެހަދާ މީހުންނާ ދިމާއަށް އެއީ އިސްލާމްދީނާ ދެކޮޅަށް ވާހަކަދައްކާ އިސްލާމްދީނަށް ފުރައްސާރަކުރާ ބައެކޭ ނުބުނެވޭނެ އެއްވެސް ގޮތެއް ނުހެދޭނެ ކަމަށެވެ. އަދި މެމްބަރު ހިސާން ހުށަހަޅުއްވާފައިވާ އިސްލާހުތައް ފާސްކޮށް ގާނޫނަކަށް ވެއްޖެނަމަ ދިވެހި މުޖުތަމައު އިތުރަށް ފިތުނަވެ، ފަސާދަވުން ނޫން ގޮތެއް ނުވާނެ ކަމަށް ވެސް ޖޭޕީގެ ބަޔާނުގައި ބުނެފައި ވެއެވެ.

ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހިސާން ހުސެއިން ހުށަހެޅުއްވި އިސްލާހުގައި ނަފްރަތުގެ އަމަލުތަކުގެ ގޮތުގައި ގިނަ ކަންތައްތަކެއް ހިމަނާފައިވެ އެވެ.

އޭގެ ތެރޭގައި އާންމުތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ޚިލާފަށް އުޅޭ ނުވަތަ ދެކޮޅު މީހަކު ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގެ މީހަކާމެދު ނަފްރަތު އުފެއްދުމާއި، އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުން ނުވަތަ އާންމުތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމަށް ތުހުމަތު ކުރުން ކުށަކަށް ހަދަން ވަނީ ހިމަނާފަ އެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.