މަކުޑި ޕޯޓަލް އަޕްގްރޭޑް ކުރުމަށް ޑިފެންސް މިނިސްޓްރީ އާ ޙަވާލުކޮށްފި

“މަކުޑި” ޕޯޓަލް އަޕްގްރޭޑް ކުރުމަށް ޑިފެންސް މިނިސްޓްރީ އާ ޙަވާލުކޮށްފި އެވެ.

މިއީ ދިވެހިރާއްޖެއަށް އެތެރެކުރާ ކެމިކަލްތަކުގެ މައުލޫމާތުތައް ބެލެހެއްޓުމާއި ކެމިކަލްތައް އެތެރެކުރާ ފަރާތްތަކަށް އޮންލައިންކޮށް ހުއްދަ ދޫކުރުމުގެ ކަންތައްތައް ކުރިއަށްގެންދާ ޕޯޓަލެކެވެ.

އިޝްތިހާރު Below Header ad

މި އެއްބަސްވުމުގައި އެންވަޔަރްމެންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޑރ ޢަބްދުﷲ ނަޞީރުއެވެ. ޑިފެންސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ނައިބު އަލްއުސްތާޛު ހަސަން ޒަމީލެވެ.

މިއެއްބަސްވުމަކީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއާއި މިނިސްޓްރީއޮފް ޑިފެންސްގެ ދެމެދުގައި މަކުޑި ސޮފްޓްވެއަރ ތަރައްގީކުރުމަށް ބޭނުންވާ އައިޓީ އިކްވްޕްމަންޓް ފޯރުކޮށްދިނުމުގެ މަޤުސަދުގައި ސޮއިކުރެވުނު އެއްބަސްވުމެކެވެ.

މިމަސައްކަތަކީ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖެފް)ގެ މާލީ އެހީތެރިކަމާއި އެކު 2020 ވަނަ އަހަރު ނޮވެމްބަރު މަހު ފަށާފައިވާ “އެލިމިނޭޓިންގ ޕަރސިސްޓަންޓް އޯގަނިކް ޕޮލިއުޓަންޓަސް ތްރޫ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް” މަޝްރޫޢުގެ ދަށުން ކުރެވޭ މަސައްކަތެކެވެ.

މިފަދަ ކެމިކަލްތައް ރައްކާތެރިގޮތުގައި ބެލެހެއްޓުމަކީ ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ ވަރަށް މުހިއްމު ކަމެކެވެ. މިއެއްބަސްވުމުގެ ދަށުން ކުރަން ރާވާފައިވާ މަސައްކަތްތަކުގެ ތެރޭގައި މިނިސްޓްރީ އޮފް ޑިފެންސް އިން ޤާއިމުކޮށްފައިވާ ‘މަކުޑި’ ސޮފްޓްވެއަރ އިތުރަށް ތަރައްޤީކުރުމަށް ހާޑްވެއަރ ފޯރުކޮށްދެވޭނެ އެވެ.

މަކުޑި ކެމިކަލް އިންފޮމޭޝަން މެނޭޖްމަންޓް ސިސްޓަމަކީ ރާއްޖެއަށް އިމްޕޯޓް ކުރާ ކެމިކަލްތަކުގެ މައުލޫމާތު މެނޭޖްކުރުމަށާއި ކެމިކަލް އިންޕޯޓްކުރާ ފަރާތްތަކުން ހުއްދަ ނެގުމަށް ލުއި ފަސޭހަކޮށްދިނުމުގެ މަޤްސަދުގައި ތައްޔާރުކޮށްފައިވާ ސޮފްޓްވެއަރ އެކެވެ.

ކޯވިޑް-19 ބަލިމަޑުކަމާއި ގުޅިގެން އެޗްޕީއޭއިން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސަރުކާރުގެ އޮފީސްތައް ބަންދު ކުރެވިފައިވާ  މި ދަނޑިވަޅުގައި ވެސް މަކުޑި ޕޯޓަލް މެދުވެރިކޮށް ކެމިކަލް އިންޕޯޓްކުރުމުގެ މަސައްކަތައް ބުރޫއެރުމެއް ނެތި ހުއްދަ ދޫކުރުމުގެ އިންތިޒާމް ވަނީ ހަމަޖެހިފަ އެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ފަރާތުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ހާޑްވެއަރގެ ސަބަބުން މަކުޑި ސިސްޓަމް އޮޕަރޭޓްކުރުން އިތުރަށް ހަރުދަނާ ކުރެވޭނެ އެވެ. އަދި މިއީ ސަރުކާރު އޮފީސްތަކުގެ ޚިދުމަތް އޮންލައިންކޮށް ދޭ މިދަނޑިވަޅުގައި 24 ގަޑިއިރު މެދުނުކެނޑި ޚިދުމަތް ފޯރުކޮށްދިނުމާއި ރައްކާތެރިކަމާއެކު ޑާޓާ މެނޭޖްކުރުމާއި ޑާޓާގެ ނަޒާހަތްތެރިކަން ކަށަވަރުކުރުމަށް ލިބޭ އިތުރު ބާރަކަށްވާނެއެވެ.

މީގެ އިތުރުން މީގެ ސަބަބުން މަކުޑި ސިސްޓަމާއި ގުޅޭގޮތުން ސިސްޓަމް ބޭނުންކުރާ އެކިއެކި ފަރާތްތަކަށް ޓްރެއިނިންގ ދިނުމުގައި މިހާރު ހުރި ދަތިތަކަށް ދާއިމީ ހައްލެއް ލިބޭނެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.