ކުޅުދުއްފުށި ސިޓީގައި ޒުވާނަކު ރަހީނު ކުރި މައްސަލައިގާ އިތުރު މީހަކު ހައްޔަރުކޮށްފި

ހދ. ކުޅުދުއްފުށި ސިޓީގައި ކުޅުދުއްފުށި ސިޓީގައި ޒުވާނަކު ރަހީނު ކުރި މައްސަލައިގާ އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ ކުޅުދުށްފުށީގައި މޭއި 29، 2021 ވަނަ ދުވަހުގެ ރޭ މީހަކަށް އަނިޔާ ކުރި މައްސަލައާ ގުޅިގެން މިރޭ 20 އަހަރުގެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އިޝްތިހާރު Below Header ad

މި މައްސަލައިގައި ކޯޓް އަމުރުގެ ދަށުން 19 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން ކޯޓު އަމުރުގެ ދަށުން 24 އަހަރުގެ މީހަކާއި 25 އަހަރުގެ މީހަކުވެސް މީގެކުރިން ވެސް ވަނި ހައްޔަރު ކޮށްފަ އެވެ.

މި މީހުންނާއިގުޅޭ މަޢުލޫމާތު ފުލުހުން ހާމަކޮށްފައި ނުވަނީ އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާތީ ކަމަށެވެ.

ކުޅުދުއްފުށި ސިޓީން ރަހީނުކޮށް އަނިޔާކޮށްފައިވަނީ ކުޅުދުއްފުށި ރަތްފުސްގެ، އަހްމަދު އިބްރާހީމް އަށެވެ.

އާއިލާއިން ބުނީ އަނިޔާވި އަހްމަދު އޭޑީކޭ ހޮސްޕިޓަލުން ބޮލުގެ އޮޕްރޭޝަނެއް ކޮށްފައިވާ ކަމަށާއި ނަމަވެސް ސިކުނޑިއަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށެވެ. އަދިވެސް އޭނާ އޮތީ ވެންޓިލޭޓަރުގައި ކަމަށް ވެސް ޢާއިލާއިން ބުނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.