
ބެލޮންޑިއޯ އެވޯޑަށް ވާދަކުރާ 30 ކުޅުންތެރިންގެ ލިސްޓް އާއްމުކުރުން..
ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިއާއަށް ފްރާންސް ފުޓްބޯލް މަޖައްލާއިން ދޭ ”ބެލޮންޑިއޯ އެވޯޑަށް“ ވާދަކުރާ 30 ކުޅުންތެރިންގެ ލިސްޓް ހާމަކޮށްފިއެވެ.
ބެލޮންޑިއޯ އެވޯޑަށް ވާދަކުރާ 30 ކުޅުންތެރިންގެ ތެރޭގައި އެންމެ ގިނައިން ހިމެމެނީ ސްޕެނިޝް ލީގުގައި ކުޅެމުންދާ ކުޅުންތެރިންނެވެ. އެގޮތުން އެ ލީގުގައި ކުޅޭ 13 ކުޅުންތެރިއަކު މި އެވޯޑަށް ވާދަކުރެއެވެ.

ޕްރިިމިއަރ ލީގުގައި ކުޅޭ 8 ކުޅުންތެރިއަކު މި އެވޯޑަށް ވާދަކުރާއިރު ޖަރުމަނު ލީގުން ވާދަކުރަނީ ފަސް ކުޅުންތެރިންނެވެ. އަދި އިޓާލިއަން ލީގުގެ ތިން ކުޅުންތެރިއަކު ވާދަކުރާއިރު ޕޯޗުގަލް ލީގުން އެއް ކުޅުންތެރިއަކު މި އެވޯޑަށް ވާދަކުރެއެވެ.

ބެލޮންޑިއޯ އެވޯޑަކީ މީގެކުރިން ފީފާ އާއި ގުޅިގެން ދެމުން އައި އެވޯޑެއް ނަމަވެސް ދާދިފަހުން ފީފާއިން ވަނީ މި އެވޯޑުން ވަކިވެފައެވެ. އެހެންކަމުން އެހެން އަހަރުތަކާއި ހިލާފަށް މި އަހަރު މި އެވޯޑު ލިބޭ ކުޅުންތެރިއެއް ހޮވާނީ ނޫސްވެރިންގެ ޕެނަލަކުންނެވެ.
މި އެވޯޑު ލިބޭ ކުޅުންތެރިއެއް އިއުލާންކުރާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 9 ވަނަ ދުވަހުއެވެ.
ބެލޮންޑިއޯ އެވޯޑަށް ވާދަކުރާ 30 ކުޅުންތެރިން:
ސާޖިއޯ އަގުއެރޯ (މެންޗެސްޓަރ ސިޓީ)
ޕިއެރޭ އެމެރިކް އޯބަމަޔަން (ބްރޫޝިއާ ޑޯޓްމަންޑް)
ގެރެތް ބޭލް (ރެއާލް މެޑްރިޑް)
ޖިއާންލުއިޖީ ބުފޮން (ޔުވެންޓަސް)
ކްރިސްޓިއާނޯ ރޮނާލްޑޯ (ރެއާލް މެޑްރިޑް)
ކެވިން ޑި ބްރޭނާ (މެންޗެސްޓަރ ސިޓީ)
ޕައުލޯ ޑިބާލާ (ޔުވެންޓަސް)
ޑިއޭގޯ ގޮޑިން ( އެތްލެޓިކޯ މެޑްރިޑް)
އެންޓޮއިން ގްރިޒްމަން (އެތްލެޓިކޯ މެޑްރިޑ)
ގޮންޒާލޯ ހިގުއައިން (ޔުވެންޓަސް)
ޒްލަޓާން އިބްރަހިމޮވިޗް (މެންޗެސްޓަރ ޔުނައިޓެޑް)
އަންދްރޭސް އިނިއެސްޓާ (ބާސެލޯނާ)
ކޮކޭ (އެތްލެޓިކޯ މެޑްރިޑް)
ޓޯނީ ކްރޫސް (ރެއާލް މެޑްރިޑް)
ރޮބަޓް ލެވެންޑޯސްކީ (ބަޔާން މިއުނިކް)
ތޯމަސް މުލާ (ބަޔާން މިއުނިކް)
ލޫކާ މޮޑްރިޗް (ރެއާލް މެޑްރިޑް)
ރިޔާދް މަހްރޭޒް (ލެސްޓަ ސިޓީ)
ލިއޮނަލް މެސީ (ބާސެލޯނާ)
ހޫގޯ ލޮރިސް (ޓޮޓެންހަމް)
ޑިމިޓްރީ ޕަޔެޓް (ވެސްޓްހަމް ޔުނައިޓެޑް)
ޕޯލް ޕޮގްބާ (މެންޗެސްޓަރ ޔުނައިޓެޑް)
މެނުއަލް ނޯޔާ (ބަޔާން މިއުނިކް)
ޕެޕޭ (ރެއާލް މެޑްރިޑް)
ނޭމާ (ބާސެލޯނާ)
ރުއީ ޕެޓްރީސިއޯ (ސްޕޯޓިން ލިސްބަން)
ސާޖިއޯ ރާމޯސް (ރެއާލް މެޑްރިޑް)
ލުއިސް ސުއަރޭޒް (ބާސެލޯނާ)
އާޓޫރޯ ވިޑާލް (ބަޔާން މިއުނިކް)
ޖޭމީ ވާޑީ (ލެސްޓަ ސިޓީ)



