ޓޫރިޒަމް ގޯލްޑަން ޖުބްލީ ސްޓިއަރިންގ ކޮމިޓީ އެކުލަވާލައިފި

ޓޫރިޒަމް ގޯލްޑަން ޖުބްލީ ސްޓިއަރިންގ ކޮމިޓީ އެކުލަވާލައިފި އެވެ.

މިއީ ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރުފުރުން ކުލަގަދަކޮަށް ފާހަގަކުރުމަށް ޓޫރިޒަމް މިނިސްޓްރީ އާއި ޓޫރިޒަމް އިންޑަސްޓްރީ ގުޅިގެން ހިންގާ ހަރަކާތްތައް ވިލަރެސްކޮށް ކުރިއަށް ގެންދިއުމަށް އެކުލަވާލި ކޮމިޓީއެކެވެ.

އިޝްތިހާރު Below Header ad

މި ކޮމިޓީގެ މައިގަނޑު މަގުސަދަކީ އެހަރަކާތްތައް ވިލަރެސް ކުރުމާއި ޓޫރިޒަމް މިނިސްޓްރީ އާއި ޓޫރިޒަމް އިންޑަސްޓްރީއާ ގުޅިފައިވާ އެހެންފަރާތްތަކުގެ ބައިވެރިވުން އޮންނަގޮތަށް ރާއްޖޭގެ ސިޓީތަކާއި އަތޮޅުތަކުގައި ތަފާފު ހަރަކާތްތައް އިންތިޒާމުކޮށް ކުރިއަށް ގެންދިއުމެވެ.

Tourism 3 1

މިކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި ގޯލްޑަން ޖުބްލީ ފާހަގަކުރުމަށް ކުރިއަށްގެންދަން ގަސްދުކުރާ އެކްޓިވިޓީ ކަލަންޑަރާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ. އަދި ގޯލްޑަން ޖުބްލީގެ މައިގަނޑު ހަރަކާތްތައް ކުރިއަށް ގެންދިއުމާއި ހަރަކާތްތައް ހިންގުމަށް ބޭނުންވާ ބަޖެޓާއި އިންތިޒާމުތަކާ ގުޅޭގޮތުން ވެސް ޚިޔާލާއި މަޝްވަރާ ކުރައްވާފައި ވެއެވެ.

ޓޫރިޒަމް އިންޑަސްޓްރީގެ ޖަމިއްޔާތަކުގެ މަޝްވަރާއާއެކު އެކުލަވާލި މި ކޮމިޓީގައި 11 މެމްބަރުން ހިމެނެ އެވެ. އޭގެތެރޭގައި ޓޫރިޒަމް މިނިސްޓްރީ ޗެއަރ ކުރާ އިރު، ދެން ހިމެނެނީ އެމްއެމްޕީއާރްސީ، މަޓީ، ގެސްޓްހައުސް އެސީސިއޭޝަން، ނެޝަނަލް ބޯޓިންގ އެސޯސިއޭޝަން ހިމެނެ އެެވެ.

މީގެ އިތުރުން މޯލްޑިވްސް އެލަޔަންސް އޮފް ޑައިވް އޮޕަރޭޓަރސް، މިއުޒިޝަން ޔޫނިއަން، ޗެފްސް ގިލްޑް އޮފް މޯލްޑިވްސް، ހެރިޓޭޖު މިނިސްޓްރީ ވެސް ހިމެނެ އެވެ. އަދި ޔޫތް އެންޑް ސްޕޯޓްސް، ހޯމް އެފެއަރޒު ގެ މެމްބަރުން ވެސް މިކޮމިޓީގައި ހިމެނެ އެވެ.

Tourism 1 1

“ޓޫރިޒަމް ގޯލްޑަން ޖުބްލީ ސްޓިއަރިންގ ކޮމިޓީ” ގެ އިދާރީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޓޫރިޒަމް މިނިސްޓްރީގަ އެވެ.

ޓޫރިޒަމް ގޯލްޑަން ޖުބްލީއަށް ތައްޔާރުވުމަށް ޚާއްސަ ޓާސްކްފޯސްއެއްވެސް މިހާރުވަނީ ޓޫރިޒަމް މިނިސްޓްރީގައި އެކުލަވާލާފަ އެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.