ޚަބަރު ފީތާ

ޕީޕީއެމް މައްސަލަ މައުމޫން ފެކްޝަނުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފި

ޕީޕީއެމްގެ މުސްތަޝާރު ރައީސް ޔާމީންއާއި އެޕާޓީ ހަވާލުކުރުމަށް ސިވިލް ކޯޓުން ކުރި ޙުކުމަށް ހައިކޯޓުން ތާއިދު ކޮށްފައިވާތީ ޕީޕީއެމްގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް އެމައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފިއެވެ.

މިކަން ކަށަވަރުކޮށްދީފައިވަނީ ރައީސް މައުމޫންގެ ފެކްޝަން ހިންގަމުން އަންނަ ޕީޕީއެމުގެ ޓްވީޓާ އެކައުންޓުން ކުރި ޓްވީޓަކުންނެވެ.

މި ޓްވީޓުގައި އެކަން ކަށަވަރުކޮށްދީފައި ވީނަމަވެސް އިތުރު ތަފްސީލެއް ދެއްވާފައެއް ނުވެއެވެ.

maumoon

މައުމޫންގެ ފަރާތުން މި މައްސަލަ އިސްތިއުނާފު ކުރަން މިއަދު ލާފައިވާއިރު މި މައްސަލަ ބަލައިގަތުމާމެދު  ސުޕްރީމް ކޯޓަށް ވަކިގޮތެއް ނިންމާނީ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުންނެވެ. ފަނޑިޔާރުންގެ މަޖިލީހުން މިމައްސަލަ އާއި މެދު މަޝްވަރާ ކުރާނެނެއެވެ.

ސިވިލް ކޯޓުގެ ޙުކުމަށް ތާއިދުކޮށް ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ބުނެފައިވަނީ ޕީޕީއެމްގެ މުސްތަޝާރާއި ޕާޓީ ހަވާލުކުރީ، ރަނގަޅަށް ކަމަށެވެ.

 

 

Rate this post