ދަގަނޑޭއާއި ނުލައި ރާއްޖޭ ގައުމީޓީމް ސީރިއާއާއި ދެކޮޅަށް މިރޭ ނިކުންނަނީ

ވޯލްޑް ކަޕާއި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި މިރޭ ސީރިއާ ދެކޮޅަށް ރާއްޖެ ނުކުންނައިރު ރާއްޖޭގެ އެންމެ މޮޅު ފޯވާޑް އަލީ އަޝްފާޤް މިރޭގެ މެޗުގައި ނުކުޅޭނެއެވެ.

ކޮވިޑް-19 އަށް ފައްސިވެ ޑުބާއީގައި ކަރަންޓީންވާން ޖެހުމުގެ ސަބަބުން ރާއްޖޭގެ ގައުމީޓީމް ފުރައިގެން ދިޔައީ އަޝްފާޤާއި ނުލައެވެ. އުމުރުން 35 އަހަރުގެ ދަގަނޑޭ އަކީ ރާއްޖޭގެ ގައުމީޓީމުގެ އެންމެ އިތުބާރު އަދި އެންމެ މުހިނމު ފޯވާޑެވެ. މިރޭގެ މެޗަށް އަޝްފާޤު ނެތުމަކީ ޓީމަށް ލިބޭނެ ހީނަރުކަމެކެވެ. އަޝްފާޤަކީ މިވަގުތު ރާއްޖޭގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކުޅުންތެރިޔާ އެވެ.

އިޝްތިހާރު Below Header ad

މިރޭގެ މެޗުގައި ރާއްޖޭގެ އެންމް އިތުބާރު ފޯވާޑް އަލީ އަޝްފާޤަށް ނުކުޅެވޭއިރު، ސީރިއާ ޓީމުގެވެސް އެންމެ މުހިންމު ފޯވާޑް އޮމާރް އަލް ސޯމާ އަށް މިރޭ ރާއްޖެއާއި ދެކޮޅަށް ނުކުޅެވޭނެއެވެ. އޭނާއަށް މިރޭގެ މެޗުގައި ނުކުޅެވެނީ އަނިޔާގެ ސަބަބުންނެވެ.

މިރޭ ސީރިއާއާއި ދެކޮޅަށް ރާއްޖެ ކުޅޭ މި މެޗަކީ ދެ ޓީމަށް ވެސް ވަރަށް މުހިންމު މެޗެކެވެ. އެގޮތުން މިރޭގެ މެޗުން ސީރިއާ މޮޅުވެއްޖެ ނަމަ 2022 ވަނަ އަހަރު ގަތަރުގައި އޮންނަ ވޯލްޑް ކަޕް ކޮލިފައިންގެ ތިން ވަނަ ބުރަށް ދަތުރު ކުރުމަށް އެޓީމަށް ފަސޭހަވެގެން ދާނެއެވެ. އެގޮތުން ތިންވަނަ ބުރަށް ދިއުމަށް ދެން ސީއިރާއަށް ބޭނުންވާނީ ކުރިޔަށް އޮތް ދެމެޗުން އެންމެ ދެ ޕޮއިންޓެވެ.

މިރޭގެ މެޗުން ސީރިއާ އަތުން ރާއްޖެ މޮޅުވެއްޖެ ނަމަ ތިން ވަނައިގައި އޮތް ފިލިޕީންސް ރާއްޖެއަށް ފަހަތަށް ޖައްސާލެވޭނެ އެވެ. ފިލިޕީންސް ތިން ވަނައިގައި އޮތީ ލިބުނު ހަތް ޕޮއިންޓާ އެކު އެވެ.

ރާއްޖެ ހިމެނޭ ކޮލިފައިން ގުރޫޕް އޭއަށް ބަލާއިރު މި ގުރޫޕުގެ އެއްވަނާގައި އޮތީ 15 ޕޮއިންޓާއި އެކު ސީރިއާއެވެ. ދެވަނާގައި10 ޕޮއިންޓާއި އެކު ޗައިނާ އޮތްއިރު، ތިންވަނާގައި 7 ޕޮއިންޓާއި އެކު އޮތީ ފިލިޕިންސްއެވެ. ރާއްޖެ އޮތީ 6 ޕޮއިންޓާއި އެކު ތަހަރުވަނާގައެވެ. އެއްވެސް ޕޮއިންޓެއް ނުލިބި މި ގުރޫޕުގެ ފުލުގައި އޮތީ ގުއާމްއެވެ.

ރާއްޖެ އާއި ސީރިއާ ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖޭ ގަޑިން މިރޭ 9:00 ގައެވެ. މި މެޗު ޔެސް ޓީވީން ވަގުތުން ދައްކާނެ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.