ޚަބަރު ފީތާ

މިޝްކާގެ މަރުގެ ރިޕޯޓު ހާމަކުރުން ލަސްވެއްޖެ

ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންދަން އެމްބިއުލާންސް އައުން ލަސްވެގެން ނިޔާވި ޢުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާގެ މަރުގެ ތަހުގީގު ރިޕޯޓުު ހާމަކުރުން ލަސްވެއްޖެ އެވެ.

ހެލްތު މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ “ކޯވިޑް ބަލީގައި ކުޑަކުއްޖަކު ނިޔާވުމާއި ގުޅިގެން ހަދަމުންގެންދާ ކޭސް ރިވިއުގެ ގިނަ މަސައްކަތަތަކެއް މިއަންނަނީ ކުރަމުން” ކަމަށެވެ. އަދި “މި މައްސަލާއިގާ ގިނަކަންކަން ބަލަން ޖެހުމުން މިކަމަށް އިތުރު ވަގުތުނަގާ” ކަމަށާއި “މަސައްކަތް ކުރަމުންމިދަނީ ވީއެންމެ އަވަހަށް މި މަސައްކަތް ނިންމުމަށް.” ކަމަށެވެ.

މިޝްކާގެ މަރުގެ ތަހުގީގު ރިޕޯޓު އިއްޔެ މެންދުރަށް ހާމަކުރާނެ ކަމަށް ހެލްތު މިނިސްޓްރީން ކުރިންވަނީ ބުނެފަ އެވެ.

ޢުމުރުން 10 އަހަރުގެ މިޝްކާގެ ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންދަން މި ޖޫން މަހުގެ 1 ވަނަ ދުވަހުގެ ރޭ ގުޅުމުން އެމްބިއުލެންސް އައީ 2 ގަޑި އިރު ފަހުން ކަމަށް ޢާއިލާއިން ވަނީ ބުނެފަ އެވެ.

އެގޮތުން މިޝްކާގެ ހާލު ދެރަވެގެން އެމްބިއުލެންސަށް ގުޅީ އަންގާރަ ދުވަހުގެ ރޭ 9:00 ޖެހިއިރު ކަމަށާއި އެމްބިއުލާންސް ލަސްވުމުން އެޗް.ޕީ.އޭގެ އަދި އައި.ޖީ.އެމް.އެޗްގެ އެމްބިއުލެންސަށްވެސް ގުޅިކަމަށް ވެސް މިޝްކާގެ އާއިލާއިން ބުނެއެވެ.

އެޗްޕީއޭ ބުނީ މިޝްކާ ނިޔާވީ އަންގާރަ ދުވަހުގެ ރޭ ދަންވަރު 12:10 ގައި، އައިޖީއެމްއެޗް އިމަޖެންސީގައި ފަރުވާ ދެމުން ދަނިކޮށްކަމަށެވެ.

ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވަނީ ކޯވިޑަށް ޕޮޒިޓިވްވުމުން އާއިލާއެކު ކަރަންޓީނުގައި ހުރި މިޝްކާ ހާލަތު ގޯސްވެ ފަރުވާދިނުމަށް ގިނަ ވަގުތުތަކެއް ހޭދަވެގެންދިޔަކަމަށް ވިދާޅުވެފަ އެވެ.

މިކަމުގެ ސަބަބުން އެ ކުއްޖާގެ ހާލު ސީރިއަސްވެ، އެ ކުއްޖާ ނިޔާވި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަކަމަށާއި މި މައްސަލައިގެ ތަހުޤީގު ނިންމާ އެކަމުގައި އިހްމާލުވި ބަޔަކު ހޯދާ ފިޔަވަޅު އަޅުއްވާނެކަމުގެ ޔަޤީންކަން މިނިސްޓަރ ވަނީ ދެއްވާފައެވެ.

މީގެއިތުރުން އެކަމުގެ ރިޕޯޓްތައް ބަލާ އެމަނިކުފާނުގެ އިހުމާލެއް އޮތްތޯ ބަލާ، އިހުމާލެއް އޮތްނަމަ މަގާމުން އިސްތިއުފާ ދެއްވުމާއިމެދު ގޮތެއް ނިނަމަވާނެ ކަމަށް ވެސް މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.

Like
Like Love Haha Wow Sad Angry

2 ޚިޔާލުތައް ގައި "މިޝްކާގެ މަރުގެ ރިޕޯޓު ހާމަކުރުން ލަސްވެއްޖެ"

  1. kithamaabadumeehunge dharifulhuniyavehje covidga kithamaru managenukureve

  2. ބުލްބުލް | ޖޫން 4, 2021 at 18:08 |

    Theega balaakah neh maabodu ehcheh. Phone negi kuhjaa aai , Ambulace ah message pass vi gadi aai , Ambulance driverge kankan beleema nimunee.

Comments are closed.

%d bloggers like this: