ޚަބަރު ފީތާ

އެމެރިކާއިން ރާއްޖެއަށް ފޯރުކޮށްދޭ އެހީއަށް މިނިސްޓަރ ޝާހިދު ޝުކުރު އަދާކުރައްވައިފި

ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު، އެމެރިކާގެ ޚާރިޖީ ވަޒީރަށާއި އެޤައުމުގެ ސަރުކާރަށް ޝުކުރު އަދާކުރައްވައިފި އެވެ.

މިނިސްޓަރ ޝާހިދު އެމެރިކާގެ ޚާރިޖީ ވަޒީރަށާއި ސަރުކާރަށް ޝުކުރުއަދާ ކުރެއްވީ ކޮވިޑް-19އާ ދެކޮޅަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި އެހީތެރިވުމަށް އެމެރިކާއިން އިމަޖަންސީ މެޑިކަލް އިކުއިޕްމަންޓް ރާއްޖެއަށް ފޮނުވުމަށް ނިންމުމާ ގުޅިގެން ނެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ އެމެރިކާއަކީ އަބަދުވެސް ގާތް ރަހުމަތްތެރި ޤައުމެއްކަމަށާއި އެމެރިކާއިން މި ހައްސާސް ދަނޑިވަޅުގައި ފޯރުކޮށްދޭ އެހީތެރިކަމުގެ ސަބަބުން ކޮވިޑާއި ދެކޮޅަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އިތުރު ކުރިއެރުމެއް އަންނާނެ ކަމަށެވެ.

އެމެރިކާއިން ރާއްޖެއަށް ހަދިޔާކުރާ ޕަލްސް އޮކްސިމިޓަރ އަދި ޕީ.ޕީ.އީ ރަސްމީކޮށް ހަވާލުކުރުން އޮންނާނީ މާދަމާ އެވެ.

Like
Like Love Haha Wow Sad Angry
%d bloggers like this: