ޚަބަރު ފީތާ

ފޭސް ޖަމްޢިއްޔާއިން ފިޔޯރީގައި ތަރައްޤީ ކުރި ކުޑަކުދިންގެ ޕާރކް ރަސްމީކޮށް ހުޅުވައިފި

ފޮޓޯ: ފިޔޯރީ ފޭސް ޖަމިއްޔާ ފޭސްބުކް ޕޭޖް

ޔޫތު މިނިސްޓްރީ އާއި ފިޔޯރީ ކައުންސިލުގެ އެހީތެރިކަމާއެކު ފިޔޯރީ އެސޯސިއޭޝަން ފޯ ކޮމިއުނިޓީ އެމްޕަވަރމެންޓް ( ފޭސް ) އިން ފިޔޯރީގައި ތަރައްޤީ ކުރި ކުޑަކުދިންގެ ރަސްމީކޮށް ހުޅުވައިފިއެވެ.

ފިޔޯރީ ޖެޓީ ސަރަހައްދުގައި ތަރައްޤީ ކޮށްފައިވާ މި ޕާރކް އިއްޔެ ހަވީރު ހުޅުވިއިރު، މި ޕާކް ހުޅުވުމުގެ ރަސްމިއްޔާތުގައި ފިޔޯރީ ކައުންސިލުގެ މެމްބަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުންނާއި، މުވައްސަސާ ތަކުގެ ވެރިންނާއި، އެހެން ޖަމިއްޔާ ތަކުގެ މެމްބަރުންގެ އިތުރުން، ކުޑަކުދިންނާއި އެކުދިންގެ ބެލެނިވެރިން ބައިވެރި ވިއެވެ.

ޕާރކް ރަސްމީ ކޮށް އިސްވެ ހުޅުއްވައި ދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން ފިޔޯރީ ކައުންސިލުގެ ރައީސް ފައިޒަރު ރަޝީދުއެވެ. ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވި މި ރަސްމިއްޔާތަށް ޙާޟިރުވި ކޮންމެ ކުއްޖަކަށްވެސް ހަދިޔާ ދިނުން އޮތެވެ. ޕާރކް ހުޅުވިގެން ދިއުމާއެކު ފިޔޯރީގައި ކުޑަކުދިން އެއްތާކަށް އެއްވެ މުނި ފޫހި ފިލުވައި އެކުވެރި މާހައުލެއްގައި ވަގުތު ހޭދަކުރުމުގެ ފުރުޞަތު މިވަނީ ތަނަވަސް ވެގެން ގޮސްފައެވެ. ޕާރކުގެ މަސައްކަތް ކުރިޔަށްގެންދިއުމުގައި އެހީތެރިކަން ދެއްވި އެންމެހާ ފަރާތްތަކަށް ފޭސް ޖަމްޢިއްޔާ އިން ޝުކުރު އަދާކުރެއެވެ.

އެޓޯލްނިއުސްއަށް މައުލޫމާތު ދެމުން ފޭސް ޖަމްޢިއްޔާގެ ކުޅިވަރާއި އިޖުތިމާޢީ ކަންކަމާއި ހަވާލުވެ ހުންނެވި އަހުމަދު ފަޔާޒް ވިދާޅުވީ މިއީ ފޭސް ޖަމިއްޔާއިން ފިޔޯރީގައި ކުރިއަށް ގެންދިޔަ އެންމެ ބޮޑު އިޖުތިމާއީ މަސައްކަތައް ކަމަށެވެ. އަދި މި ޕާރކް ހުޅުވިގެން ދިއުމާއެކު ފިޔޯރީގައި ކުޑަކުދިން އެއްތާކަށް އެއްވެ މުނިފޫހިފިލުވައި އެކުވެރި މާހައުލެއްގައި ވަގުތު ހޭދަކުރުމުގެ ފުރުޞަތު ތަނަވަސްވެގެންދާނެ ކަމަށާއި ޕާރކުގެ މަސައްކަތް ކުރިޔަށްގެންދިއުމުގައި އެހީތެރިކަން ދެއްވި އެންމެހާ ފަރާތްތަކަށް ފޭސް ޖަމްޢިއްޔާ އިން ވަނީ ޝުކުރު އަދާކޮށްފައި އެވެ.

ފޭސް ޖަމިއްޔާއަކީ 2015 ވަނަ އަހަރުން ފެށިގެން އިޖުތިމާއި ގޮތުން ފިޔޯރީގައި ކޮންމެ އަހަރަކުވެސް ގިނަ ޙަރަކާތްތަކެއް ހިންގަމުން އަންނަ ޖަމްއިއްޔާއެކެވެ. އެގޮތުން ބީ.އެޗް.އެމް.ގެ އެހީގައި ފިޔޯރީ ބަނދަރު ސަރަހައްދުގައި އިމާރާތްކޮށްފައިވާ މިސްކިތް ބެލެހެއްޓުމާއި، ތަދްރީސުލް ޤުރްއާން ގެ ނަމުގައި ޤުރްއާން ކްލާހެއް ހިންގުމާއި، ފޭސް އެކަޑަމީގެ ނަމުގައި ފުޓްބޯޅަ އެކަޑަމީއެއް ހިންގުމާއި، 2016 ވަނަ އަހަރުން ފެށިގެން އަލިގަދަ ތަރި ނަމުގައި ޤުރްއާން މުބާރާތެއް ބޭއްވުމާއި، އިޖުތިމާއީ ގުޅުން ވަރުގަދަ ކުރުމުގެ ގޮތުން 2015 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ފިޠުރު ޢީދުގައި އީދު ސައި ނަމުގައި ރަށުގެ ރައްޔިތުންނަށް ސައެއް ބޭއްވުން ހިމެނެއެވެ. މީގެ އިތުރުންވެސް އިޖުތިމާއީ ގޮތުން ފިޔޯރީގައި ގިނަ ޙަރަކާތްތަަކެއް ބާއްވަމުން އަންނަ މި ޖަމްއިއްޔާއަކީ ފިޔޯރީގައި ހިންގާ އެންމެ ހަރަކާތްތެރި ޖަމްއިއްޔާއެވެ.

Like
Like Love Haha Wow Sad Angry
2