ގާޒާއަށް ދިން ހަމަލާތަކާއި ގުޅިގެން ސިއްހީ އަވަސް އެހީ ބޭނުންވާ 200،000 މީހުން އެބަތިބި

އިސްރާއީލުން މިދިޔަ ރޯދަ މަހުގެ ފަހު 10 ގައި ފަލަސްތީންގެ ގާޒާއަށް ވަޔާއި އެއްގަމު އަދި ކަނޑުގެ މަގުން ހަމަލާތަށް ނިންމާލި އިރު ސިއްހީި އަވަސް އެހީތެރިކަން ބޭނުން 200،000 މީހުން އެބަތިބި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.

ހުއްޓުމެއްނެތި އިޒްރާއިލް ސިފައިން ގާޒާއަށް 11 ދުވަސް ވަންދެން ހަމަލާ ދީފައިވެ އެވެ. މި ހަމަލާތަކުގައި ގާޒާގެ 254 މުސްލިމުން ޝަހީދުކޮށްލާފައިވާއިރު އޭގެ ތެރޭގައި 66 ކުޑަކުދިން ހިމެނެ އެވެ.

އިޝްތިހާރު Below Header ad

ހަމަލާތައް ހުއްޓާލުމުން މިހާރު ހިމޭންކަން ލިބިފައިވާ ގާޒާއަށް ބޭނުންވާ އެހީތެރިކަމާއި ސިޓީ އާރާސްތު ކުރުމަށް ކުރަން ޖެހޭ ކަންކަން އދ. އާއި އެހީދޭ އެކި ގައުމުތަކުން ދަނީ ބަލަމުންނެވެ. އެގޮތުން އދ. އާއި ރެޑް ކްރޮސްއިން ގާޒާއަށް ޒިޔާރަތްކޮށް ވަނީ ސިއްހީ ގޮތުން އެހީބޭނުންވާ ވަރު ބަލައި ހާމަކޮށްފަ އެވެ.

އެ ދިރާސާތަކަށް ފަހު އިއްޔެ ޑަބްލިއުއެޗްއޯއިން ބުނީ ގިނަ ބަޔަކު މަރުވުމުގެ އިތުރުން ގާޒާގެ އާންމުންގެ ގެތަކާއި ސްކޫލްތަކާއި ސިއްހީ ހިދުމަތްދޭ ކްލިކް ފަދަ ތަންތަނުގެ އިތުރުން ބޮޑެތި ހޮސްޕިޓަލްތަކާއި މުޅި ސިޓީގެ އިންފްރާސްޓްރަކްޗާއަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށެވެ. އޭގެ ތެރެއިން ގާޒާގެ ސިއްހީ ދާއިރާއަށް ބޮޑެތި އެހީތަކެއް ފޯރުކޮށްދޭން ޖެހޭ ކަމަށް ބުނެފައިވެ އެވެ.

އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ސިއްހީ މުވައްޒަފުންނާއި ސިއްހީ ފަރުވާ ދިނުމަށް ބޭނުންވާ އެންމެ އާންމު ވަސީލަތްތަކުގެ ދަތިކަން ގާޒާއަށް ވަރަށްބޮޑަށް ކުރިމަތިވެފައިވާ ކަމަށް ބުނެފައިވެ އެވެ. މުޅި ޖުމްލަ އެކަންކަމަށް ހަރަދު ކުރުމަށް200،000 މިލިއަން ޑޮލަރު ބޭނުންވާ ކަމަށް ބުންނެވެ.

ގާޒާ އާރާސްތު ކުރުމަށް އެހީވުމަށް ބައެއް މުސްލިމް ގައުމުތަކުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދީފައިވެ އެވެ. އަދި ރެޑް ކްރޮސް އިން ވަނީ ގާޒާ ރައްޔިތުންނަށް އެހީވުމަށް 16 މިލިއަން ޑޮލަރު ދޭން ނިންމާފަ އެވެ.

އިސްރާއީލް ދިން ހަމަލާތަކުގައި ވައިގެ މަގުން އާންމުން ދިރިއުޅޭ 74 އިމާރާތަކަށް ބޮންް އަޅައި ގޮއްވާލާފައިވެ އެވެ. އޭގެ ސަބަބުން އާންމުންގެ ގިނައެއްގެ ގެދޮރު ގެއްލި މަގުމަތިވެފައިވެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.