ސައުދީ ޒުވާން އަންހެނުންނަށް ލައިސެންސް ދިނުމުގައި ފިރިހެނުންނާއި ހަމަހަމަކޮށްފި

ސައުދީ އަރަބިއްޔާގެ ޒުވާން އަންހެނުންނަށް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ދިނުމުގައި ފިރިހެނުންނާއި ހަމަހަމަ ކުރަން ނިންމައިފި އެވެ.

ސައުދީގެ ޓްރެފިކް ޑިޕާޓްމެންޓުން ބުނެފައިވަނީ މިއަދުން ފެށިގެން ޒުވާން ފިރިހެނުންނާއި އަންހެނުންނަށް ލައިސެންސް ދިނުމުގައި ތަފާތެއް ނުކުރާނެ ކަމަށެވެ. ސައުދީގައި އުމުރުން 17 އަހަރުގައި ފިރިހެނުންނަށް ވަގުތީ ޑްރައިވިން ލައިސެންސް ދޫކުރެ އެވެ.

އިޝްތިހާރު Below Header ad

އަލަށް ގެނައި ބަދަލާއި އެކު ވަކި ޝަރުތުތަކެއް ހަމަވާ އުމުރުން 17 އަހަރުގެ އަންހެނުންނަށްވެސް ވަގުތީ ޑްރައިވިން ލައިސެންސް ދޫކުރަމުންދާނެ އެވެ. އެ ޝަތުރުތަކުގެ ތެރޭގައި މަސްތުވާތަކެއްޗާއި ގުޅުން ހުރި ކުށުގެ ރެކޯޑު އޮވެގެން ނުވެ އެވެ.

އެ އުމުރުގައި ޑްރައިވިން ލައިސެންސަށް އެދޭ ޒުވާން އަންހެނުންނަކީ ނުކުޅެދުންތެރިކަމެއް ހުންނަ މީހަކަށް ވެގެން ނުވާއިރު ގައިން ގަޔަށް އަރާ ބައްޔެއް ހުރެގެން ނުވެ އެވެ. އަދި ގާނޫނާއި ހިލާފުވެގެން ޖޫރިމަނާއެއް ކޮށްފައިވާނަމަ އެ ޖޫރިމަނާ ދައްކާ ނިންމަން ޖެހެ އެވެ.

މި އުސޫލުގެ ދަށުން ސައުދީގައި ދިރިއުޅޭ އެހެން ގައުމުތަކުގެ އަންހެނުންނަށްވެސް ލައިސެންސަށް އެދެވެ އެވެ.

ސައުދީގައި 2018 ވަނަ އަހަރުން ފެށިގެން ދަނީ އަންހެނުންނާއި ފިރިހެނުންގެ މެދުގައި ހުރި ފަރަގުތައް ނައްތާލުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ފުރަތަމަ ފަހަރަށް އަންހެނުންނަށް އެއްގަމު އުޅަނދު ދުއްވުމުގެ ހުއްދަދިނީ 2019 ވަނަ އަހަރު އެވެ.

ސައުދީ ސަރުކާރުން އެކުލަވާލާފައިވާ ދުރުރާސްތާ ޕްލޭންގެ ދަށުން ތަރައްގީގެ ނަމުގައި އިސްލާމް ދީނާއި ފުށުއަރާ ގިނަ ކަންތައްތަކެއް ރައްޔިތުންގެ ނުރުހުމުގައި ސައުދީގައި އެގައުމުގެ ސަރުކާރުން ދަނީ ކަނޑައަޅަމުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.