މާ ބޮޑަށް ފިކުރު ބޮޑުވެ ހާސްވާ މީހުން ބޮލުން އިސްތަށި ފައިބާލެއް އަވަސް: ދިރާސާ

ކަންކަމާއި މާބޮޑަށް ހާސްވެ ފިކުރު ބޮޑުވާ މީހުންގެ ބޮލުން އިތަށިފައިބާ ބޯ ތަލަވުމުގެ ފުރުސަތު ބޮޑުކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ދުނިޔޭގެ ސިއްޚީ މާހިރުން ތަކެއް ކުރި މި ދިރާސާގައި ވާގޮތުން ކަންކަމާއި މާބޮޑަށް ވިސްނާ ފިކުރުކޮށް ހާސްވާނަމަ އެއީ އިންސާނާއަށް ސިއްޚީ ގޮތުން ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާން ޖެހޭނެ ކަމެކެވެ.

އިޝްތިހާރު Below Header ad

އެގޮތުން މާ ބޮޑަށް ސްޓްރެސް ވުމާއި ބޮލުގައި ރިއްސާ ބޮލުގެ އިސްތަށިތައް ފައިބާ ގޮތް މެދުވެރިވާ ކަމަށް މި ހޯދުންތަކުން ދައްކައެވެ.

ދިރާސާގައި ބުނާގޮތުން ކަންކަމާއި މާބޮޑަށް ވިސްނާ ފިކުރު ބޮޑުވެ ހާސްވާ މީހުންނަށް މިގޮތަށް މެދުވެރި ވާ ސަބަބުތަކެއް ވެސް ހުރެއެވެ. އެގޮތުން މާބޮޑަށް ވިސްނާ ހާސްވެ ސްޓްރެސް ވާނަމަ އެކަމުގެ  ސަބަބުން ތިމާގެ އަމިއްލަ ދިފާއީ ނިޒާމް އޮޓޮމެޓިކުން މަސައްކަތްކުރަން ފަށައެވެ.

އަދި މިގޮތައް ދިފާއީ ނިޒާމް އޮޓަމެޓިކުން މަސައްކަތް ކުރަން ފެށުމުން ހަށިގަނޑު ތެރެއިން އަޅާ ދިފާއީ ފިޔަވަޅުތަކެއްގެ ސަބަބުން މި ދިފާއީ ފިޔަވަޅުތަކުގެ އަސަރު އެންމެ ބޮޑަށް ކުރުވަނީ ބޮލުގައި ހުންނަ އިސްތަށިތަކަށެވެ. އެހެން ކަމުން ބޮލުގައި ހުންނަ އިސްތަށިތަކަށް ބާރުބޮޑުވެ އިސްތަށިތައް ފޭބުމަށް މަގުފަހިވަނީކަމަށް މި ދިރާސާގައި ބުނެފައިވެއެވެ.

މީގެ އިތުރުން މި ދިރާސާ ރިޕޯޓުގައި ބުނެފައިވަނީ ސްޓްރެސްވެ ބޮލުގެ އިސްތަށި ފޭބުމުގެ އިތުރުން ހިތުގެ މައްސަލަ ކުރިމަރި ވުމާއި ހަމުގެ މައްސަލަ ވެސް ކުރިމަތިވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.