ޚަބަރު ފީތާ

24 ގަޑި އިރަށް ވުރެ ގިނަ ދުވަސްވީ ސާމްޕަލެއް މާލެ ނުގެނެވި މިހާރުނުހުންނާނެ: މަބްރޫކް

24 ގަޑި އިރަށް ވުރެ ގިނަ ދުވަސްވީ ސާމްޕަލެއް މާލެ ނުގެނެވި މިހާރުނުހުންނާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒު ވިދާޅުވެއްޖެ އެވެ.

މިހާރުކުރިއަށްދާ އެޗްއީއޯސީގެ ޕްރެސްގައި މަބްރޫކް ވިދާޅުވީ މޫސުން ގޯސްވުމުގެ ސަބަބުން ބައެއް ރަށްރަށުގައި ހުރި ސާމްޕަލްތައް މާލެ ގެނައުމުގައި ދަތިތަކެއް ދިމާވި ކަމަށެވެ.

އެގޮތުން ސާމްޕަލްތައް މާލެ ނުގެނެވި 72 ގަޑި އިރު ވި ކަމަށާއި އެހެން ނަމަވެސް މިހާރުވަނީ އެ ސާމްޕަލްތައް މާލެ ގެނެސްފައި ކަމަށް ވެސް މަބްރޫކް ވިދާޅުވި އެެވެ.

މަބްރޫކް ވިދާޅުވީ ބަލަނީ ވީހާވެސް އަވަހަކަށް ސާމްޕަލްތައް މާލެ ގެނެސް ޓެސްޓު ކުރުމަށް ކަމަށާއި ނަމަވެސް ރާއްޖޭގެ ރަށްތައް އެތުރިފައިވާ ގޮތުން އެކަން ކުރުމަކީ އެހާ ފަސޭހަކަމެއް ނޫން ކަމަށެވެ.

އެހެންނަމަވެސް އަތޮޅުތެރޭގައި ޓެސްޓު ކެޕޭސިޓީ އިތުރުކުރުމުން އެކަމަށް އަވަސް ހައްލެއް ލިބޭނެ ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.

Like
Like Love Haha Wow Sad Angry

ޚިޔާލު 1 on "24 ގަޑި އިރަށް ވުރެ ގިނަ ދުވަސްވީ ސާމްޕަލެއް މާލެ ނުގެނެވި މިހާރުނުހުންނާނެ: މަބްރޫކް"

  1. ހިންނަވަރުގަ މިހާރުވެސް މާރިޗް އަދި އޭޕްރިލް މަހުގެ 29ސާމްޕަލް ނުލިބޭ…..

Comments are closed.

%d bloggers like this: