މާލެ ދަތުރު ކުރާ ބޯޓަކުން ފަރެސްމާތޮޑާއަށް ދިޔަ މީހަކު ޕޮޒިޓިވެ، ރަށް މޮނިޓަރިންގ އަށް ލައިފި
މާލެ ދަތުރު ކުރާ ބޯޓަކުން ގދ. ފަރެސްމާތޮޑާއަށް ދިޔަ މީހަކު ޕޮޒިޓިވެ، ރަށް މޮނިޓަރިންގ އަށް ލައިފި އެވެ.
އެޗްޕީއޭއިން ބުނީ އެ ރަށް މޮނިޓަރިންގ އަށް ލާފައިވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ކަމަށެވެ. އަދި މޮނިޓަރިންގއަށް ލާފައިވަނީ ކޮންޓެކްޓު ޓްރޭސިންގ ހަދާ ނިމެންދެން ކަމަށެވެ.
އެރަށުގައި ކޮންޓެކްޓް ޓްރޭސިންގ މަސައްކަތް މިހާރުފަށާފައިވާ ކަމަށެވެ. އަދި ޕޮޒިޓިވް ވި މީހާ އާއި ގުޅުން ހުރި ފަސް ގެއެއް ކަރަންޓީން ކޮށްފައިވާ ކަމަށް ވެސް އެޗްޕީއޭ އިން ބުނެއެވެ.
މޮނިޓަރިންގ ގެ ހާލަތުގައި އޮންނަ މުއްދަތުގައި އެޗްޕީއޭގެ ހުއްދަނެތި އެރަށަށް އަރައި ފޭބުމަކީ މަނާ ކަމެކެވެ.
ކޮވިޑު-19 ގެ ބަލިމަޑުކަމާއިހުރެ ރާއްޖޭގެ 73 ރަށެއް މިހާރުވަނީ މޮނިޓަރުންގ އަށް ލާފައެވެ.
އެޗްޕީއޭއިން އަލަށް އެކުލަވާލި ގައިޑްލައިންގެ ދަށުން މޮނިޓަރިންއަށް ލާ ހުރިހާ ރަށެއްގައި ކާފިއު ހިންގާ ފިޔަވަޅުތައް ވަނީ ހަރުކަށި ކޮށްފަ އެވެ. އަދި މީގެ ތެރެއިން ކޯވިޑް ބޮޑަށް ފެތުރެމުންދާ ރަށްތަކުގައި ކާފިއު ވަގުތު ދަނީ އިިތުރު ކުރަމުންނެވެ.