
އޭވްސެކޮމް ފުޓްސަލް ޗެލެންޖް: ޓީމް ”ޔަގީން“ އާއި ”ހޮޅުއަށި“ ސެމީފައިނަލުން ޖާގަ ކަށަވަރުކޮށްފި.
މިހާރު ކުރިޔައްދާ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ 2016 ފުޓްސަލް ޗެލެން މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗު ތަކުން މޮޅުވެ ޓީމް ޔަގީން އާއި ޓީމް ހޮޅުއަށި ސެމީފައިނަލަށް ދަތުރުކޮށްފިއެވެ.
މިއަދު ހަވީރު ކުޅުނު މެޗުތަކުން ޓީމް ޔަގީން ސެމީފައިނަލްގެ ޖާގައެއް ކަށަވަރު ކުރީ ހޯބަހަކުން އެފްސީ އާއި ވާދަކޮށް 1-1 ގެ ނަތީޖާއިން އެއްވަރުވެ ޖުމްލަ 6 ޕޮއިންޓް ލިބިގެން ގުރޫޕް ބީ ގެ ދެވަ ޓީމުގެ ގޮތުގައެވެ.

ޓީމް ހޮޅުއަށި ސެމީފައިނަލުން ޖާގަ ކަށަވަރުކުރީ ޓީމް ކިމްއާ ވާދަކޮށް 3-13 ލަނޑުގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެ ކުޅުނު ތިންމެޗުންވެސް މޮޅުވެ ޖުމްލަ 9 ޕޮއިންޓާ އެކު ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.
މި ދެޓީމު ވެސް ސެމީފައިނަލުން ޖާގަ ކަށަވަރު ކުރިއިރު ޓީމް ޔަގީން އަތުން އެއްވަރުވި ހޯބަހަކުން އެފްސީ އާއި ޓީމު ހޮޅުއަށި އަތުން ތަފާތު ބޮޑުކޮށް ބަލިވި ޓީމް ކިމް ވަނީ މުބާރާތުން ކަޓާފައެވެ. ޓީމް ކިމް ބުމާރާތުން ކެޓީ ކުޅުނު ދެމެޗުންވެސް ބަލިވެ ޕޮއިންޓެއްވެސް ނުލިބި ގުރޫޕުގެ އެންމެ ފުލުގައި އޮވެގެންނެވެ.
މިއަދުގެ ފުރަތަމަ މެޗުގައި ހަވީރު 3:45 ގައި ކުޅުނު މެޗުގައި ބައްދަލުކޮށްފައިވަނީ ޓީމު ޔަގީން އާއި ހޯބަހަކުން އެފްސީ އެވެ. މި މެޗުގައި ދެޓީމުގެ ފަރާތުންވެސް ފެނިގެން ދިޔައީ އާދަޔާ ޚިލާފު ވާދަވެރި ކުޅުމެކެވެ.

މި މެޗުގެ ފުރަތަމަ ހާފު ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމިފައިވާއިރު ދެޓީމަށް ވެސް ވަނީ ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުބެފައެވެ. ދެޓީމުގައި ވެސް ގޯލް ބަލަހައްޓަން ތިބި ދެ ގޯލްކީޕަރުނެގެ ފަރާތުން ރަނގަޅުކުޅުމެއް ފެނިގެން ގޮސްފައިވާކަން ފާހަގަކޮށްލެވެެއެވެ. އެގޮތުން ގިނަ ސޭވްތަކެއް ދެ ކީޕަރުންގެ ފަރާތުން ވެސް ފެނިގެން ގޮސްފައިވެއެވެ.
ލަނޑެއް ނުޖެހި އެއްވަރުވެ އެއްވަރުވެ އޮވެ ފުރަތަމަ ހާފު ނިންމާލަން ޖެހުނަސް ދެވަނަ ހާފަށް ކުޅެން ނިކުނެ ދެޓީމުންވެސް ވަނީ ނަތީޖާނެރުމައްށްޓަކާ ގިނަ މަސައްކަތް ތަކެއް ކޮށްފައެވެ. އެގޮތުން މެޗުގެ ފަހުހާފުގެ 9 ވަނަ މިނެޓުގައި މެޗުގެ ފުރަތަމަ ލަނޑުޖަހާ ލީޑު ނަގާފައިވަނީ ހޯބަހަކުން އެފްސީންނެވެ. ހޯބަހަުން އެފްސީ އަށް ލަނޑު ޖަހާ ލީޑުނަގައިދިނީ ޖާޒީ ނަމްބަރު 9 އަހުމަދު ސުޖާދު އެވެ. އެހެން ނަމަވެސް އޭގެ ހަތަރު މިނެޓުފަހުން ޓީމް ޔަގީން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ޖާޒީ ނަމްބަރު 4 މުޙައްމަދު ރަޝީދު (ދޫނި) އެވެ.
މި ނަތީޖާގައި އޮވެ މެޗު ނިމިގެންދިޔަ ނަމަވެސް ނަތީޖާ ބަދަލުކޮށްލަން ދެޓީމަށް ވެސް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
މި މެ މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ މުޙައްމަދު ރަޝީދު (ދޫނި) އެވެ.

މިއަދުގެ ދެވަނަ މެޗުގައި ހަވީރު 4:45 ގައި ކުޅުނު މެޗުގައި ބައްދަލުކުރީ ޓީމް ހޮޅުއަށި އަދި ޓީމް ކިމް އެވެ. މި މެޗަށް ނިކުތްއިރުވެސް ޓީމް ކިމް ވަނީ މި މުބާރާތުން ކަޓާފައެވެ.
އެޓީމު ކެޓީ ކުޅުނު ތިންމެޗުންވެސް ބަލިވެ ޕޮއިންޓެއް ނުލިބި ގުރޫޕުގެ އެއްމެ ފަހަތުގައި އޮވެގެންނެވެ.
މި މެޗުގައި ލަނޑުތައް ޖަހައިދިނީ އަޙުމަދު ނިޔާޒު 8 ލަނޑު، އިބުރާހިން މުޙައްމަދު 4 ލަނޑު، ނައުފަލް އަހުމަދު (ބަކާ ) އެއް ލަނޑެވެ.
މި މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ މެޗުގައި 8 ލަނޑު ޖަހާ ހެޓްރިކް ހެދި އަޙުމަދު ނިޔާޒް އެވެ.

މި މުބާރާތުގައި މާދަމާ ވެސް ދެމެޗު ކުޅޭނެއެވެ. އެއީ ގުރޫޕް އޭ ގެ ދެމެޗެވެ. މި މެޗުތަކަށް ފަހު ގުރޫޕް އޭގެ ސެމީއަށް ދާ ދެޓީމް ކަށަވަރުވެގެން ދާނެއެވެ.
މަދަމާ ހަވީރު 3:45 ގައި ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އަޑަފި އެފްސީ އާއި ޓީމް އޯކޭ އެވެ. މި މެޗަށް މި ދެޓީމް ނިކުންނައިރު ސެމީފައިނަލަށް ދިއުމުގެ ފުރުސަތު އޮތީ އަޑަފި އެފްސީ އަށެވެ. އެއީ ޓީމް އޯކޭ ވަނީ ކުޅުނު ދެމެޗުން ވެސް ބަލިވެ ޕޮއިންޓެއްވެސް ނުލިބި މުބާރާތުން ކަޓާފައެވެ.
މާދަމާ ކުޅޭ ދެވަނަ މެޗުގައި ހަވީރު 4:45 ގައި ކުޅޭ މެޗުގައި ބައްދަލު ކުރާނީ ޓެސްކޯ އެފްސީ އާއި ޓީމް ބްރޭކް އެވެ.
މި މެޗަކީ ވަރަށް ފޯރިގަދަ މެޗަކަށް ވެގެންދާނެ އެވެ. އެއީ މާދަމާ މެޗަށް މި ދެޓީމު ނިކުންނައިރު މީގެތެރެއިން ޓެސްކޯ އެފްސީއަށް ސެމީގެ ޖާގަ ކަށަވަރުވާން އޮތީ މޮޅުވެގެންނެވެ. މި މެޗު އެއްވަރުވެގެން ނިމުނަސް ސެމީގެ ޖާގަ ލިބޭނީ ޓީމް ބުރޭކް އަށެވެ. އެހެން ކަމުން ޓެސްކޯ އެފްސީއަށް މި މެޗުން މޮޅުވުން ނޫންގޮތެއް ނެތެވެ.




މީހުން ހަމަނުވީ ނިޔާޒު ގެ ކުށަކުންބާ ނޫނީ އެންމެ ބަލިޓީމަކަށް ހެދީ ނިޔާޒު ބާ…މީ ހަކުދެކެ ހަސަދަވެރި ވިޔަސް ތީ ބޮޑު ވަރު…ކަޑަވަންޔާ ކުރިމައްޗަށް އަރާ ބުނެލަންވީނުން…
މީހުން ހަމަނުވާ، މުބާރާތުގެ އެންމެ ބަލީ ޓީމާ ކުޅެން ނިޔާޒު ކުޅެން އެރަން ލަދުނުގަތްކަން ދޯ!!! މުބާރާތުން ކަޓާފަ އޮތް ޓީމެއް!! ދެންތިބި ކުޅުންތެރިން އަރުވައިގެންވެސް މޮޅުވާނެކަމުގެ ޔަގީންކަންއޮތް!!! އަމިއްލަ އެދުން ބޮޑަސް ބޮޑުވަރުދޯ!!!