
މުހައްމަދު ނިމާލް ޓޫރިޒަމް މިނިސްޓަރުގެ ނައިބުކަމުގެ މަގާމަށް.
ޓޫރިޒަމް މިނިސްޓަރުގެ ނައިބުކަމުގެ މަގާމަށް ފެނަކަކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ނިމާލް ހަމަޖައްސައިފިއެވެ.
ޓޫރިޒަމް މިނިސްޓަރުގެ ނައިބުކަމުގެ މަގާމަށް ނިމާލް ހަމަޖައްސާފައިވަނީ ރައީސް އަބްދުﷲ ޔާމީން މިއަދުއެވެ.
މިދިޔަ މަހުގެ ފަހުކޮޅު ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންޑިރެކްޓަރ ކަމުގެ މަގާމުން ނިމާލް ވަކިކޮށްފައިވަނީ ފެނަކައިގެ ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވުމާ ގުޅިގެންނެވެ.
ނިމާލްއަކީ ފެނަކައިގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ.