ފޮނަދޫގައި ބެރިއެއް ވެއްޓި ކުޑަ ކުއްޖަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ

ލ. ފޮނަދޫގައި މިއަދު ގެއަކުން ބެރިއެއް ވެއްޓި ކުޑަ ފިރިހެން ކުއްޖަކަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެއެވެ.

މައުލޫމާތު ލިބިގައިވާ ގޮތުގައި ބެރިއެއް ވެއްޓި އަނިޔާތަކެއް ލިބިފައިވަނީ ގްރޭޑް އަށެއްގައި ކިޔަވަމުން އަންނަ އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖަކަށެވެ.

އިޝްތިހާރު Below Header ad

އެކުއްޖާގެ ގައިމައްޗަށް އެ ބެރި ވެއްޓުނީ މިއަދު ހަވީރު އައި ހަދަ ވިއްސާރަ ކޮޅިގަނޑުގައި ބެރި މަތިން އޮތް ސަތަރިގަނޑެއްގައި ފެން ބަރުވެގެން ކަމަށް މައުލޫމާތު ލިބެއެވެ.

ބެރި ގައިމައްޗަށް ވެއްޓި އަނިޔާ ލިބުނު ކުއްޖާ ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު ކުއްޖާގެ އަތަށާއި ފަޔަށް އަނިޔާ ލިބިފައިވާކަމަށް މައުލޫމާތު ލިބެއެވެ.

މައުލޫމާތު ލިބޭގޮތުގައި އެކުއްޖާގެ ކޮވިޑް ޓެސްޓުގެ ނަތީޖާ ނުލިބޭތީ އަދި އޮތީ އެއްވެސް ފަރުވާއެއް ނުދީއެވެ.

އެ ކުއްޖާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި ނޭންގޭއިރު،  ކޮވިޑު ޓެސްޓް ހެދުމަށްފަހު ފަރުވާ ދޭން ފަށާނެ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.