މިއަދު ތާވަލުކުރި ރައީސް ޔާމީންގެ ޝަރީޢަތް ކެންސަލްކޮށްފި

ކްރިމިނަލް ކޯޓުން މިއަދަށް ތާވަލުކޮށްފައި އޮތް ރައީސް ޔާމީންގެ ޝަރީޢަތް ކެންސަލް ކޮށްފި އެވެ.

މިއަދު ބާއްވަން ތާވަލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާގެ އަޑުއެހުމެވެ.

އިޝްތިހާރު Below Header ad

އެ އަޑުއެހުން މިއަދު ހެނދުނު 9:30 އަށް ތާވަލު ކުރި ނަމަވެސް މިއަދުގެ އަޑުއެހުން ކެންސަލް ކޮށްފައިވަނީ ރައީސް ޔާމީންގެ އެދިވަޑައިގަތުމަށް ކަމަށް ވަނީ މަޢުލޫމާތު ލިބިފަ އެވެ.

އެގޮތުން ރައީސް ޔާމީނަކީ 55 އަހަރުން މަތީގެ ހައި ރިސްކް ބޭފުޅެއް ކަމަށާއި ކޮވިޑާއި ގުޅިގެން އެފަދަ ފަރާތްތަކަށް ލުއި ދިނުމަށް ސުޕްރީމް ކޯޓުން ނެރެފައިވާ އެންގުމާއި އެއްގޮތަށް މިއަދުގެ އަޑުއެހުން ކެންސަލް ކޮށްދެއްވުމަށް އެދިވަޑައިގެންފައިވާތީ، އެ ޝަރީޢަތް މިއަދި ކެންސަލު ކުރީ ކަމަށް ކްރިމިނަލް ކޯޓުން ބުނެއެވެ.

ކޮވިޑުގެ ހާލަތު ރާއްޖޭގައި ގޯސްވެފައި ވާތީ، ކޯޓަށް ހާޒިރުވެވަޑައިގަތުމަށް ރައީސް ޔާމީން އުޒުރުވެރިވެވަޑައިގަތުމުން އެ މައްސަލައިގެ އަޑުއެހުންތައް ދެން ގެންދާނެ ގޮތަކާއި މެދު ކްރިމިނަލް ކޯޓުން އިތުރުގޮތެއް އަދިނިންމާފައެއް ނުވެއެވެ.

އެމަނިކުފާނުގެ ގާނޫނީ ޓީމުން މިހާރުވަނީ ކޮވިޑް 19ގެ ހާލަތު ނިމި އާންމު ހާލަތަކަށް ދަންދެން ރައީސް އަބްދުﷲ ޔާމީން މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް ފަސްކޮށްދޭން އެދިވަޑައިގެންފަ އެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީން، މިވަގުތު ހުންނެވީ ގޭބަންދުގައެވެ. ކަރެކްޝަންސްއިން އޭރު ބުނީ އެމަނިކުފާނު ގެއަށް ބަދަލު ކުރީ ޖަލުގައި ކޮވިޑް ފެތުރެމުންދާތީ ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.