ބަޣާވާތުގައި އިސްކޮށް ހުރި ލީޑަރު ވަގުތީ ރައީސްކަމަށް ހޮވައިފި

އަސްކަރީ ބަޣާވާތެއް ގެނެއުމުގައި އެންމެ އިސްކޮށް ހުރި ލީޑަރަށް ވަގުތީ ރައީސް ކަމުގެ މަޤާމް ދިނުމަށް މާލީގެ ދުސްތޫރީ ކޯޓުން ނިންމައިފިއެވެ.

ހުކުރު ދުވަހު އެކޯޓުން ނިންމި ނިންމުމުގައި ވަނީ، ފާއިތުވި ހަފްތާގައި ގެނައި އަސްކަރީ ބަޣާވާތުގައި މާލީގައި އެއިރު އޮތް ސަރުކާރު ވައްޓާލުމުގައި އިސްކޮށް ހަރަކާތްތެރިވި އަސްކަރިއްޔާގެ ލީޑަރު ކާނަލް އަސީމީ ގޮއިތާއަށް ވަގުތީ ރައީސްކަން ހަވާލުކޮށް، ސަރުކާރު ބަދަލު ކުރުމުގެ ކަންތައް އެއްކޮށް ނިންމުމަށް ހަވާލު ކުރާ ކަމުގައެވެ. އަދި ކޯޓުން އެގޮތައް ނިންމީ އޭރުގެ ރައީސް ބާހް ޑާވް ރައީސްކަމުން އިސްތިއުފާ ދިނުމުން ރައީސް ކަމުގެ މަޤާމު ހުސްވެފައި ވާތީ ކަމަށްވެސް ކޯޓުން ބުނެފައިވެއެވެ.

އިޝްތިހާރު Below Header ad

ވަގުތީ ރައީސް ގޮއިތާ ކުރިން ހުންނެވީ ނައިބު ރައީސް މަޤާމުގައިއެވެ. ނަމަވެސް ކުއްލި ގޮތަކަށް ޑާވްގެ ކެބިނެޓް އެއްކޮށް ބަދަލުކޮށް، ވަޒީރުންގެ މަޤާމުގައި ކުރިން ތިބި އަސްކަރިއްޔާގެ 2 އޮފިސަރުން އެ މަޤާމުން ވަކި ކުރުމުން، އެކަމާއި ނުރުހުން ފާޅުކޮށް ބަޣާވާތެއް ކުރީއެވެ. އަދި ބަޣާވާތުގައި ސަރުކާރު ވައްޓާލުމަށްފަހު ޑާވް ހައްޔަރު ކުރުމަށް ވެސް ހޯމަ ދުވަހު ވަނީ އަމުރު ނެރެފައެވެ.

ޑާވް ރައީސް ކަމުގެ މަޤާމުން އިސްތިޢުފާ ދީފައި ވަނީ ހައްޔަރުގައި ހުންނަވައި ފާއިތުވި ބުދަ ދުވަހުއެވެ. އިސްތިޢުފާ ދެއްވުމުން އޭނާ ވަނީ މިނިވަން ކޮށް ދޫކޮށްލާފައެވެ.

މިއީ ގޮއިތާ މިގޮތަށް ބަޣާވާތް ކުރި ދެވަނަ ފަހަރެވެ. ފާއިތުވި އަހަރުގެ އޮގަސްޓް މަހުގައިވެސް އެއިރުގެ ރައީސް އިބްރާހިމް އަބޫބަކުރް ކީތާއާއި ދެކޮޅަށް އޭނާ ވަނީ ބަޣާވާތެއް ކޮށްފައެވެ. އެފަހަރު ބަޣާވާތް ކޮށްފައި ވަނީ ސަރުކާރުގެ އެތެރޭގެ ކޮރަޕްޝަނާއި ދެކޮޅަށާއި، ހަތިޔާރުއެޅި ޖަމާއަތްތަކުން ހިމާޔަތް ހޯދައިދިނުމަށް ސަރުކާރުން ނުކުޅެދިފައިވާ ކަމަށް ބުނެއެވެ.

އެހެންނަމަވެސް އެސަރަހައްދުގެ އެހެން ޤައުމުތަކުގެ ދަތިކުރުމުގެ ފިޔަވަޅުތަކަށް ޖެހިލުންވެ، ވަގުތީ ސަރުކާރަކާއި ވެރިކަން ހަވާލު ކުރުމަށް އެއްބަސްވީއެވެ. އަދި ގޮއިތާއަށް އެސަރުކާރުގެ ނައިބު ރައީސްކަމާއި، ބަޣާވާތުގައި ބައިވެރިވި ބައެއް ސިފައިންނަށް ކެބިނެޓު މިނިސްޓަރުކަން ވެސް ހަވާލު ކުރިއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.