އާރުބީ ލައިޕްޒިގަށް ކުޅެމުން އައި ޑިފެންޑަރު ކޮނާޓޭ ލިވަޕޫލަށް ބަދަލުވެއްޖެ

ޖަރުމަނުގެ އާރުބީ ލައިޕްޒިއަށް ކުޅެމުން އައި ފްރާންސްގެ އިތުބާރު ޑިފެންޑަރު އިބްރާހިމަ ކޮނާޓޭ ލިވަޕޫލަށް ބަދަލުވެއްޖެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އާރްބީ ލައިޕްޒިގުން ކޮނާޓޭ ލިވަޕޫލަށް ދޫކުރަން ނިންމީ އެ ކްލަބުން އޭނާ އާއެކު ހަދާފައިވާ އެއްބަސްވުމުގައި ރިލީޒް ކްލޯޒްގެ ގޮތުގައި ބަޔާންކޮށްފައިވާ އަގު ކަމަށްވާ 35 މިލިއަން ޕައުންޑް ދޭން ލިވަޕޫލުން އެއްބަސްވުމުން ކަށެވެ. ނަމަވެސް ރަސްމީކޮށް ކޮނާޓޭ ލިވަޕޫލަށް ބަދަލުވީ ކިހާވަރެއްގެ އަގަކަށް ކަމެއް އާރުބީ ލައިޕްޒިގަކުން ވެސް އަދި ލިވަޕޫލަކުންވެސް ހާމަކޮށްފައެއް ނުވެ އެވެ.

އިޝްތިހާރު Below Header ad

ކޮނާޓޭ ވަނީ ލިވަޕޫލަށް ބަދަލުވުމުގެ ކުރިން ހަދަން ޖެހޭ މެޑިކަލް ފުރިހަމަކޮށް އޭނާގެ މުސާރައާ ގުޅޭ ގޮތުންވެސް ލިވަޕޫލާއެކު އެއްބަސްވުމަކަށް އައިސްފަ އެވެ. މިހާރު ހަމައެކަނި އޮތީ އިނގިރޭސި ވިލާތުގެ ވާކް ޕާމިޓް ހޯދުންފަދަ އިދާރީ ބައެއް ހުއްދަތައް ހޯދުމުގެ މަސައްކަތްތައް ނިންމުމެވެ.

އިނގިރޭސި ޕްރިމިއަ ލީގުގެ ތިންވަނައިގައި މި ސީޒަން ނިންމާލި ލިވަޕޫލަށް ބަދަލުވިއިރު، ކޮނާޓޭ ވަނީ އާރްބީ ލައިޕްޒިގަށް 95 މެޗް ކުޅެ ހަތަރު ގޯލް ކާމިޔާބުކޮށްދީފަ އެވެ.

މިއީ މިފަހަރުގެ ސީޒަންގައި އަނިޔާގެ ސަބަބުން ޑިފެންސް ލައިނަށް ބޮޑެތި މައްސަލަތަކަކާ ކުރިމަތިވި ލިވަޕޫލުން އަންނަ ސީޒަނަށް ޓީމް ވަރުގަދަ ކުރުމަށްޓަކައި ގެނައި ފުރަތަމަ ކުޅުންތެރިޔާ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.