
ޔޫތް ޗެމްޕިއަންޝިޕްގެ ތަށި ދެވަނަ ފަހަރައް އީގަލްސް ހޯދައިފި.
ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ތަށި ކުލަބު އީގަލްސް އިން ދެވަނަ ފަހަރައް ހޯދައިފިއެވެ.
އީގަލްސް އިން ދެވަނަ ފަހަރައް ޔޫތު ޗެމްޕިއަންޝިޕްގެ ތަށި ހޯދީ އިއްޔެ ހަވީރު ކުޅުނު ފައިނަލް މެޗުގައި ޓީސީ ސްޕޯޓްސް ކުލަބު ބަލިކޮށްގެންނެވެ..
އީގަލްސް ޓީސީ ސްޕޯޓްސް ކުލަބު ގެ މައްޗަށް ކުރިހޯދށާފައިވަނީ 5-3 ގެ ނަތީޖާއަކުންނެވެ.
މި މުބާރާތުގެ ފައިނަލުން އީގަލްސް ޖާގަ ހޯދީ ވެސް ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ޕެނަލްޓީ ޖަހައިގެން ޓީސީ ބަލިކޮށްފަ އެވެ. ޓީސީ ފައިނަލަށް އައީ ވެލެންސިއާ އާއި ސެމީގައި މާޒިޔާ ބަލިކޮށްފަ އެވެ.
މ8 ޓީމު ވާދަކުރި މި މުބާރާތް ނިމިގެންދިޔައިރު މި މުބާރާތުގެ އެންމެ މޮޅު ހަތަރު ކުޅުންތެރިންގެ ނަންވެސް ވަނީ އިއުލާން ކޮށްފައެވެ. އެ ހަތަރު ކުޅުންތެރިންނަކީ އީގަލްސްގެ ކެޕްޓަން އަންސަރު އިބްރާހީމާއި އެ ޓީމުގެ އާދަމް އިމާމް އާއި ޓީސީގެ އަލީ ހާފިޒުގެ އިތުރުން މާޒިޔާގެ މުހައްމަދު އިންޝާލް އެވެ.
މި މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ އީގަލްސް ޓީމުގެ ކޯޗު އަހުމަދު ޝާކިރެވެ. މީގެ އިތުރުން މި މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވިފައިވަނީ މާޒިޔާ އެވެ.



