ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ އަންނަ ނޮވެންބަރު މަހުގެ 10 ވަނަ ދުވަހުގެރޭ ބާއްވަވާގޮތަށް ހަމަޖައްސަވައިފިއެވެ.
ރައީސް އޮފީހުން ވިދާޅުވީ ޖުމަހޫރީ ދުވަހުގެ ހާއްސަ ޖަލްސާ ބޭއްވޭނީ ނޮވެމްބަރު މަހުގެ 10 ވާ ބުރާސްފަތި ދުވަހުގެ ރޭ 20:30 ގައި ދަރުބާރުގޭގައި ކަމަށެވެ.
މި ޖަލްސާގައި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވާނެ ކަމަށްވެސް ރައީސް އިހުން މައުލޫމާތު ދެއެވެ.
އަދި މީގެިއތުރުން މި ޖަލްސާގައި ސަރުކާރުން ދެއްވާ ޤައުމީ އިނާމާއި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދެއްވުންވެސް އޮންނާނެއެވެ.
އަދި މީގެއިތުރުން ކީރިތި ޤުރްއާން ހިތުދަސްކުރައްވައިގެން ޙާފިޡުކަމުގެ ސަނަދު ހާސިލުކުރެއްވި ފަރާތްތަކަށާއި ސާނަވީ އިމްތިޙާނުން މުޅި ދުނިޔެއިން 1 ވަނަ ހޯދި ދަރިވަރުންނަށާއި މަތީ ސާނަވީ އިމްތިޙާނުން މުޅި ދުނިޔެއިން 1 ވަނަ ހޯދި ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް ދެއްވުންވެސް މިޖަލްސާގައި އޮންނާނެ އެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުން ކަނޑައެޅުއްވުމުގެ މަސައްކަތާއި ހިތްވަރު ދިނުމުގެ ޤައުމީ އިނާމާއި ޝަރަފުވެރިކަމުގެ ޤައުމީ އިނާމަށް ބޭފުޅުން ހޮއްވެވުމުގެ މަސައްކަތް ވެސް ޤައުމީ އިނާމާބެހޭ ކޮމިޓީން މިހާރު ކުރައްވަމުން ގެންދާކަމަށް ވެސް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.
މި އިނާމްތަކަކީ ސަރުކާރުން ކޮންމެ އަހަރަކުވެސް ދެމުންގެންދާ އިނާމްތަކެއްކަން ފާހަގަކޮށްލަން ޖެހެއެވެ.