ފްރަންޓްލައިން އެލަވަންސް ދިނުމުގައި ލަސްތަކެއް އުޅޭ: ފިނޭންސް މިނިސްޓަރ

ފްރަންޓްލައިން އެލަވަންސް ދިނުމުގައި ލަސްތަކެއް އުޅޭ ކަމަށް ފިނޭންސް މިނިސްޓަރ  އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވީ އެޗްއީއޯސީން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޓޯލްނިއުސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ.

އިޝްތިހާރު Below Header ad

ފްރަންޓްލައިން އެލަވަންސް ލިބުމުގައި ދަތިތަކެއް އުޅޭތީ، އެފަރާތްތަކަށް އެލަވަންސް ލިބޭނީ ކިހާތާކުތޯ އަދި އެހެންމެދުވެރިވަނީ ކީއްވެތޯ ސުވާލު ކުރުމުން މިނިސްޓަރ ވިދާޅުވީ އެފަދަ ލަސްކަމެއް އުޅޭ ކަމަށެވެ. އެކަމަކު އެއީ މިނިސްޓްރީގެ ފަރާތުން ދިމާވާ ލަސްތަކެއް ނޫން ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ޑޮކިއުމެންޓޭޝަންގެ މައްސަލައެއް ނެތް ނަމަ، އެ މިނިސްޓްރީއަށް ލިބޭތާ ހަފުތާއެއްގެ ތެރޭގައި އެ ފައިސާ ދޫކުރާނެ ކަމަށެވެ.

“އަޅުގަނޑުމެން އަންގާފަ އޮންނާނީ ލޮގުތަކަށް ސައްހަ މަޢުލޫމާތާއެކު އެންޓަރ ކުރުމަށް. އެކަމަކު ބައެއް ފަހަރަށް ސައްހަނޫން މަޢުލޫމާތު ނޫނީ މަޢުލޫމާތު ފުރިހަމަ ނުކޮށް އެބަހުރޭ. އަޅުގަނޑުމެންނަކަށް ނޭނގޭނެ އެމީހުން މަސައްކަތްކުރި ގޮތެއް. އެކަން ބަލަހައްޓާނީ އެތަނެއްގެ ސްޕަވައިޒަރުން. އެހެންވެ މަސައްކަތްކުރި ސަބަބުތައް އެނގޭގޮތަށް ލޮގު ކުރުމަށް ވާނީ އަންގާފަ.” މިނިސްޓަރ ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރ ވިދާޅުވީ ޑޮކިއުމެންޓޭޝަން ފުރިހަމަކޮށްފައިވާ ނަމަ، އެޗްއީއޯސީގައި އޮންނަ ކޮމެޓީއަށް ވަގުތުން ފޮނުވާނެ ކަމަށެވެ. އެއީ 4 މުއައްސަސާގެ މައްޗަށް އެކުލެވޭ ކޮމެޓީއެއް ކަމަށް ވެސް ވިދާޅުވި އެވެ.

އެހެންނަމަވެސް ޑޮކިއުމެންޓޭޝަން ފުރިހަމަނުކުރާ ނަމަ، އެ އެޖެންސީއެއް އެއްކޮށް ރިޖެކްޓުކޮށް، އެކަން އިސްލާހު ކުރުމަށް ފޮނުވާނެ ކަމަށް ވެސް މިނިސްޓަރ އަމީރު ވިދާޅުވި އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.