
މަޖިލީހުގެ މިއަދުގެ ޖަލްސާވެސް ކެންސަލް.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާވެސް ކެންސަލްކޮށްފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ވެސް ކެންސަލް ކޮށްފައިވަނީ މަޖިލީހުގައި ކުރާނެ މަސައްކަތެއް ނެތުމުން ނެވެ.
މަސައްކަތެއް ނެއްކަމަށް ބުނެ މިއަދުގެ މަޖިލިސް ޖަލްސާ ކެންސަލް ކޮށްފައިވައިރު މަޖިލީހުގެ ގަވާއިދު ބުނާގޮތުން ކޮންމެ ހަފްތާއެއްގެ ހޯމަ އަންގާރަ އަދި ބުދަ ދުވަހު މަޖިލީހުގެ ޖަލްސާތައް ބާއްވަން ޖެހެއެވެ.
އެހެން ނަމަވެސް ކުރާނެ މަސައްކަތެއް ނެތިގެން މަޖިލީހުގެ ޖަލްސާ ކެންސަލް ކޮށްފައިވާއިރު މަޖިލީހުގެ ކޮމެޓީތަކުގައި ގިނަ މަސައްކަތްތަކެއް ހުރިކަން ފާހަގަކޮށްލަން ޖެހެއެވެ.
އެގޮތުން މިހާރުވެސް ގިނަ ބިލްތަކެއް ކޮމިޓީ މަރުހަލާގައި އޮތްކަން ފާހަގަކޮށްލެވެއެވެ. އޭގެތެރޭގައި ހިމެނޭ ބައެއް ބިލްތަކަށް ބަލާއިރު ސަރުކާރުގެ ފާރާތުން ވެލިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމިން ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ބިލާއި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު ޢާމިރު ހުށަހަޅުއްވާފައިވާ އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު އަށް އިޞްލާޙު ގެނައުމުގެ ބިލުހިމެނެއެވެ.