ޚަބަރު ފީތާ

މިއަދުގެ އަލިފާނުގެ ހާދިސާގައި ބޯހިޔާވަހިކަން ގެއްލުނު 32 ފަރާތަކަށް ވަގުތީ ހިޔާ ހަމަޖައްްސައިދީފި

މއ. މޯނިންގ ވިއު ގޭގައި މިއަދުގެ އަލިފާނުގެ ހާދިސާގައި ބޯހިޔާވަހިކަން ގެއްލުނު 32 ފަރާތަކަށް ވަގުތީ ހިޔާ ހަމަޖައްްސައިދީފި އެވެ.

ޑިޒާސްޓަރ މެނޭޖުމެންޓް އޮތޯރިޓީން ބުނީ ޣިޔާސުއްދީނު ސްކޫލުގައި ގާއިމް ކޮށްފައިވާ އިވެކްއޭޝަން ސެންޓަރަށް 56 މީހަކު ގެންދިޔަ ކަމަށާއި އޭގެ ތެރޭ 18 އަހަރުން ދަށުގެ 17 ކުޑަކުދިންވެސް ހިމެނޭ ކަމަށެވެ.

އެންޑީއެމްއޭ އިން ބުނީ ބުނީ އިވެކުއޭޝަން ސެންޓަރަށް ގެންދިޔަ ފަރާތްތަކަށް ކެއިން ބުއިމުގެ ކަންތައް ވެސް އެ އިދާރާ އިން ހަމަޖައްސާދީފައިވާ ކަމަށެވެ.

ދެ އިމާރަތަކަށްވާގޮތަށް ހުންނަ މޯނިންގ ވިގު ގޭގެ އިރުމަތީ ފަރާތު އިމާރާތުގައި އުޅުނު ފަރާތްތައް މިހާރު ގެއަށް ގެންގޮސްފައިވާ ކަމަށްވެސް އެންޑީއެމްއޭ އިން ބުންޏެވެ.

“ވަގުތީ ބޯހިޔާވަހިކަމާއި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ އަންނައުނާއި ތަކެތި ހަމަޖައްސައިދީފިވާނެ. ވަގުތީ ބޯހިޔާވަހިކަމަށް މާލޭގެ ހަތް ގެސްޓްހައުސް އެއް ވަނީ ހަމަޖައްސާފަ.” އެންޑީއެމްއޭ އިން ބުންޏެވެ.

އެ ގޭގައި ދިރިއުޅުނު މީހުންނަށް ކުރިއަށް އޮތް ތިން ދުވަހު ކެއިން ބުއިން ހަމަޖެއްސުމަށް ދުވާލަކަށް 200 ރުފިޔާ ދީފައިވާ ކަމަށާއި ޒަރޫރީ އަންނައުނު ގަތުމަށް 1500 ރުފިޔާ ދީފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. އަދި ކުޑަކުދިންނަށް ބޭނުންވާ ނެޕީ ފަދަ ތަކެއްޗާއި ސައިބޯންޏާއި ޝޭމްޕޫ ފަދަ ސާފުތާހިރުވުމަށް ބޭނުންވާނެ ތަކެތި ވެސް ފޯރުކޮށްދީފައިވާ ކަމަށް ބުނެފައި ވެއެވެ.

“ލިބުނު ގެއްލުމުގެ އެސެސްމެންޓެއް ހަދައި އިތުރު އެހީ ފޯރުކޮށްދޭނެ. ކުރިއަށް އޮތް ހަފްތާ ތެރޭ އިމާރާތަށާއި ހިފާ ގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުމުގެ އެސެސްމެންޓު ހަދާނަން.” އެންޑީއެމްއޭ އިން ބުންޏެވެ.

އެ އެސެސްމެންޓު ހަދާނީ އެންޑީއެމްއޭ އާއި އެމްއެންޑީއެފް ގުޅިގެން ކަމަށް ވެސް ވަނީ ބުނެފަ އެވެ.

Like
Like Love Haha Wow Sad Angry

މިލިޔުމަށް ޚިޔާލު ފޮނުވާ "މިއަދުގެ އަލިފާނުގެ ހާދިސާގައި ބޯހިޔާވަހިކަން ގެއްލުނު 32 ފަރާތަކަށް ވަގުތީ ހިޔާ ހަމަޖައްްސައިދީފި"

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.