ކ. ތުލުސްދޫ އޮފީސްތަކުގެ ފުޓްސަލް މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުންވެސް މޮޅުވެ އެރަށު ޕޮލިސް ޓީމު ފައިނަލަށް.

ކ. ތުލުސްދޫ ކައުންސިލުން އިންތިޒާމްކޮށްގެން ތުލުސްދޫގައި މިހާރުކުރިޔައްދާ ތުލުސްދޫ އޮފީސްތަކުގެ ފުޓްސަލް މުބާރާތުގެ ފައިނަލަށް ތުލުސްދޫ ޕޮލިސް ޓީމު ދަތުރުކޮށްފިއެވެ..

ތުލުސްދޫ ޕޮލިސް ޓީމު ފައިނަލަށް ދަތުރުކުރީ އިއްޔެ ހަވީރު ތުލުސްދޫ ސްކޫލާ ވާދަކޮށް 5-13 ގެ ތަފާތު ބޮޑުނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މީ ޕޮލިސްޓީމު މި މުބާރާތުގައި ކުޅުނު ފަސްވަނަ މެޗުކަމަށް ވާއިރު އެޓީމުވަނީ ކުޅުނު ހުރިހާމެޗަކުންވެސް މޮޅުވެފައެވެ.

މި މުބާރާތުގެ ފައިނަލް މެޗު ކުޅެން ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހުގައެވެ. ފައިނަލް ގައި ކުޅޭނެ ޓީމެއްގެ ގޮތުގައި މިހާރު ޕޮލިސްޓީމު ވެފައިވާއިރު އަނެއްކޮޅުން ފައިނަލްގައި ބައްދަލުކުރާނެ ޓީމެއް އެނގިގެން ދާނީ މާދަމާ ކުޅޭ މެޗުތަކަށް ފަހުއެވެ.

ތުލުސްދޫ ކައުންސިލުން ބާއްވާ މި މުބާރާތަކީ ތުލުސްދޫގައި ހުރި ސަރުކާރު މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބައެއްވަންތަކަން އިތުރުކޮށް އިތުރަށް ގުޅުން ބަދަހިކުރުމުގެ މަގުސަދުގައި ބާއްވާ އެކުވެިކަމުގެ މުބާރާތެކެވެ.

ޖުމްލަ 7 ޓީމުން ވާދަކުރާ މި މުބާރާތަކީ މިމަހުގެ 15 އިން ފެށިގެން 27 ގެ ނިޔަލަށް ކުޅޭ މުބާރާތެކެވެ..

މިމ މުބާރާތަކީ އެރަށުގައި ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މުބާރާތެއްކަން ފާހަގަކޮށްލެވެއެވެ.

 

 

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.