އިންޑިޔާއިން ފެނިފައިވާ އައު ވޭރިއަންޓް އިތުރު 53 ޤައުމަކުން ފެނިއްޖެ: ދުނިޔޭގެ ސިއްހަތު ޖަމިއްޔާ

އިންޑިޔާއިން އެންމެ ފުރަތަމަ ފެނުނު ކޮރޯނާ ވައިރަސްގެ އައު ވޭރިއަންޓް (1.617.ބީ) އިތުރު 53 ޤައުމަކުން މިހާރު ފެނިގެން ރެކޯޑު ކޮށްފައިވާ ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ) އިން ނެރުނު ރިޕޯޓެއްގައި ހާމަކޮށްފިއެވެ.

ދުނިޔޭގައި ފެތުރެމުންދާ ރޯގާއާއި ބަލިމަޑުކަމާއި ގުޅޭގޮތުން ކޮންމެ ހަފްތާއަކު އދ އިން ނެރޭ ރިޕޯޓުގައި ހާމަ ކޮށްފައިވާ ގޮތުގައި، އިންޑިޔާއިން ފެނިފައިވާ އައު ވޭރިއަންޓް 1.617.ބީ އިތުރު 53 ޤައުމަކުން ފެނުނު ކަމަށް ރަސްމީކޮށް ރެކޯޑު ކޮށްފައިވި ނަމަވެސް،  އިތުރު 7 ޤައުމެއްގައި ވެސް ފެތުރޭ ކަމަށް ނުރަސްމީކޮށް މަޢުލޫމާ ލިބިފައިވެއެވެ. އެހެންކަމުން މި ވައިރަސް މިހާރު ދަނީ ޖުމްލަ 60 ޤައުމެއްގައި ފެތުރެމުންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެ ރިޕޯޓުގައި އިތުރަށް ބުނެފައި ވަނީ،  1.617.ބީ ވޭރިއަންޓް ފެތުރުން ހަލުވިވެ އިތުރުވެފައިވާ ކަމަށެވެ. ނަމަވެސް ވައިރަސް ޖެހުމުން ބަލި ބޮޑުވާ މިންވަރާއި އަދި ނުރައްކާގެ މިންވަރު ދެނެގަތުމަށް އިތުރު ތަހުލީލުތައް އަދިވެސް ކުރަމުންދާ ކަމަށެވެ.

ފާއިތުވި ހަފްތާއާއި އަޅާބަލާއިރު ދުނިޔޭގައި ކޮވިޑްގެ އައު ކޭސްތަކާއި ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ އަދަދު ވަނީ ނިސްބަތުން ދަށްވެފައި ކަމަށްވެސް ސިއްޙަތު ޖަމިއްޔާގެ ރިޕޯޓުގައި ބުނެފައި ވެއެވެ. އެގޮތުން ފާއިތުވި ހަފްތާގައި 4.1 މިލިއަން ކޮވިޑްގެ އައު ކޭސް ރިޕޯޓު ކޮށްފައިވާއިރު މަރުގެ ރެކޯޑު ކޮށްފައި ވަނީ 84،000 ކޭސްއެވެ. އެއީ ކުރީ ހަފްތާއާއި އަޅާބަލާއިރު %14 އަދި %2 ދަށް އަދަދެކެވެ.

ކޮވިޑް ފެތުރުން އެންމެ ބޮޑަށް ކޮންޓްރޯލެ ކޮށް ދަށް ކުރެވިފައިވާ ކަމަށް ފާހަގަ ކުރެވިފައި ވަނީ ޔޫރަޕުގެ ޤައުމުތަކުގައެވެ. އަދި ދެކުނު އޭޝިއާގައި ވެސް ފާއިތުވި 7 ދުވަހު އަލަށް ކޮވިޑް ޖެހޭ މީހުންނާއި ކޮވިޑްގެ ސަބަބުން މަރުވާ މީހުންގެ އަދަދު ވަނީ ދަށް ވެފައި ކަމަށް ސިއްޙަތު ޖަމިއްޔާގެ ރިޕޯޓުގައި ހާމަ ކޮށްފައި ވެއެވެ. އެހެންނަމަވެސް އެމެރިކާއާއި އިރުމަތީ މެޑިޓެރޭނިއަން، އެފްރިކާ އަދި ހުޅަނގު ޕެސިފިކް ހިސާބުތަކުގައި ކޮވިޑް ފެތުރޭ ނިސްބަތަށް ވަކި ބަދަލެއް އައިސްފައި ނުވާ ކަމަށްވެސް ރިޕޯޓުގައި ހާމަ ކޮށްފައިވެއެވެ.

ފާއިތުވި ހަފްތާގައި ދުވާލެއްގެ މައްޗަށް އެންމެ ގިނަ އަދަދަކަށް ކޮވިޑަށް މީހުން ފައްސިވި ކަމަށް ރިޕޯޓު ކޮށްފައިވާ ޤައުމުތަކަކީ އިންޑިޔާ (1،846،055 ފައްސި ކޭސް) ބްރެޒިލް (451،424 ކޭސް) އާޖެންޓީނާ (213،046 ކޭސް) އެމެރިކާ (188،410 ކޭސް) އަދި ކޮލަމްބިއާ (107،590 ކޭސް) އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.