ކޯވިޑް19: ހިތްފަޅައިގެންދާވަރުވޭ، ފުރާނަ ނެތް ފިރިމީހާއަށް އަލްވަދާއު ކިޔަން ޖެހުނީ ވީޑިއޯ ކޯލް އަކުން

އިންޑިއާގައި ކޯވިޑް 19 ޖެހިގެން މަރުވި ބައްޕައަކު އޭނާގެ 2 ދަރިންނާއި އަނބިމީހާއަށް އަލްވަދާއު ކިޔަން ޖެހުނީ ވީޑިއޯ ކޯލް އަކުންނެވެ.

ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންއަންނަ ނުރައްކާތެރި ވައިރަސް ކަމަށްވާ ކޯވިޑް 19 ޖެހިގެން މަރުވާ މީހުންގެ އަދަދު ދަނީ ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުންނެވެ. ކޯވިޑް 19 ޖެހިގެން މީހުން އުޅޭ ހާލާއި މަރުވުމުގެ ކުރިން ދަރިންނާއި އާއިލާއާއި އެއްފަހަރު ނަމަވެސް ބައްދަލުވެލުމަށް އެދި ކުރާ އާދޭސް އަޑުއިވޭ މީހެއްގެ ހިތް ފަޅައިގެންދާވަރުވާނެއެވެ.

އިޝްތިހާރު Below Header ad

އިންޑިއާގައި ކޮވިޑް 19 ޖެހިގެން މަރުވި މީހުންގެ އަދަދު 3 ލައްކައަށް ވުރެ އިތުރުވެފައިވާއިރު، އޭގެ ތެރެއިން އެކަކީ 3 ކުދިންގެ ބައްޕަ 48 އަހަރުގެ އަޖޭ ކޯލީ އެވެ.

އަޖޭ ކޯލީ އަކީ ކުރިން ކެންސަރު ޖެހި އެބައްޔަށް ފަރުވާ ހޯދައިފައި ހުރި މީހެކެވެ. އިންޑިއާގެ ކެރަލާ ސްޓޭޓްގައި ދިރިއުޅެމުންދިޔަ އަޖޭ ކޯލީ ކޮރޯނާ އަށް ފަރުވާ ދެމުން ދަނިކޮށް މަރުވީ މިމަހުގެ 20 ވަނަ ދުވަހެވެ.

މިމަހުގެ 7 ވަނަ ދުވަހު އަޖޭ ފުރަތަމަ އެޑްމިޓް ކުރެވުނީ ކެރަލާގެ މަރަޕޫލަމް ސްޓޭތުގައި ހުންނަ މޮއުލާނާ ހޮސްޕިޓަލްގައެވެ. އެދުވަހު ކޯލީ އަދި އޭނާގެ އަންހެނުން އަންޖޫ ބަންދުކޮށްފައިހުރި ހޮސްޕިޓަލުގެ ކޮޓަރިއެއްގައި 12 ގަޑިއިރު އެއްކޮށް ހޭދަކުރިއެވެ.

ކޯލީ އަންހެނުން އަންޖޫ ބުނީ، ފިރިމީހާއަށް ފަރުވާ ދިން ހޮަސްޕިޓަލުގެ މުވައްޒަފުން ތިބީ ޕްރޮޓެކްޓިވް ސޫޓްތައް ލައިގެން ކަމަށާއި މާސްކެއް އަޅައިގެން ފިރިމީހާގެކައިރި ހުންނަން ހުއްދަ ލިބުނުކަމަށެވެ. އަންޖޫ ބުނީ ހޮސްޕިޓަލުގެ ސްޓާފުން ފިރިމީހާގެ ގައިގަ އަތްލަން ވެސް ބޭނުންނުވި ކަމަށާއި އެދުވަހު ފަރުވާ ދިނުމަށްފަހު ފިރިމީހާ ގެޔަށް ދޫކޮށްލި ކަަމަށެވެ. އަދި އޭނާވެސް ހީކުރީ ފިރިމީހާ އަށް ޖެހިފައި ހުރީ އާދައިގެ ރޯގާއެއް ކަމަށް ވެސް އަންޖޫ ބުންޏެވެ.

އަންޖޫ ބުނީ ފިރިމީހާ ގެޔަށް ދޫކޮށްލިތާ 24 ގަޑިއިރުވެސް ނުވަނީސް އަނެއްކާވެސް ޑޮކްޓަރަށް ދައްކަން ދިޔަ ކަމަށާއި، ހޮސްޕިޓަލަށް ގޮސް ޓެސްޓް ހެދުމުން ފިރިމީހާއަށް ކޯވިޑް 19 ޖެހިފައި ހުރިކަން އެނގުނު ކަމަށެވެ. އަންޖޫ ބުނީ ފިރިމީހާ އެޑްމިޓް ކޮށް، އާއިލާ މީހަކަށް ވެސް އެތަނަށް ޒިޔާރަތް ކުރުން މަނާ ކުރި ކަމަށެވެ. އެގޮތުން ތުއްތު ދެ ދަރިންނަށް ވެސް އެކުދިންގެ ބައްޕަގެ މޫނު ދެކިލަން ހޮސްޕިޓަލް އަށް އަންނަން ބޭނުންވި ނަމަވެސް އެކަންވެސް މަނާކުރި ކަމަށެވެ.

ނަމަވެސް މިމަހުގެ 20 ވަނަ ދުވަހު ހޮސްޕިޓަލުން ޑޮކްޓަރު ގުޅާފައި އާއިލާ ހޮސްޕިޓަލަށް އައުމަށް އެދުނު ކަމަށް އަންޖޫ ބުންޏެވެ. އެގޮތުން އަންޖޫ އެތަނަށް ދިޔަ ކަމަށާއި ނަމަވެސް ހަމަލޮލުން ފިރިމީހާ ދެކެލުމުގެ ނަސީބު ނުލިބުނު ކަމަށެވެ.

އެގޮތުން ފިރިމީހާގެ ކައިރިއަށް ނުވަދެވޭ ކަަމަށާއި، ފިރިމީހާއަށް ބަލަން ޖެހުނީ ހޮސްޕިޓަލުން ނަރުހަކު ކުރި ވީޑިއޯ ކޯލް އަކުން ކަމަށްވެސް އަންޖޫ ބުނެފައިވެއެވެ. އެގޮތުން ފިރިމީހާއަށް އަލްވަދާއު ކިޔަން ޖެހުނީ ވީޑިއޯ ކޯލް އަކުން ކަމަށާއި، ކައިރިޔަށް ގޮސް ބައްދާލާފައި ލޯބިވާވަރު ބުނެނުދެވުމުން ހިތާމަކުރި ކަމަށެވް އަންޖޫ ބުންޏެވެ. އަދި މުޅި އާއިލާވެސް ތިމީ އެކަމުގެ ހިތާމައިގައި ކަމަށްވެސް އަންޖޫ ބުންޏެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.