ވަޅަށް ބަކަރި

 

ކޮވިޑުގެ މި ނުރައްކާތެރި ވަބާއިން ރައްޔިތުން ސަލާމަތް ވުމަށް އެކިފަހަރު އެކި އިޢޫލާން ނުވަތަ އެންގުން ނެރެ މި ކަމަކީ ރައްޔިތުންގެ އިހުމާލުން ވާ ކަމެއްކަމަށް އަބަދުވެސް ދަނީ ސިފަކުރަމުންނެވެ.

އިޝްތިހާރު Below Header ad

އެންމެ ފުރަތަމަ ކޮވިޑުގެ ނުރައްކާތެރި ބަލި ދުނިޔެއިން ފެނުމާއެކު ރާއްޖޭގެ ގިނަ ޑޮކްޓަރުން އެކަން ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސް އެކަމުގެ ދިރާސާތަށް އިތުރަށް ފުޅާކުރިއެވެ. ޑޮކްޓަރުންނަށް މިކަމުގެ ނުރައްކާތެރިކަން އެނގުނު ހިސާބުން ފެށިގެން ދިޔައީ ސަރުކާރަށް އެކަން ހިއްސާ ކުރަމުންނެވެ. ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށް ވެސް އެތަށްފަހަރަކު ޑޮކްޓަރުން އިރުޝާދުދީފައިވެއެވެ. އެއިރު ރާއްޖެއަށް އަދި ކޮވިޑް ނާދެއެވެ.

ނަމަވެސް ސަރުކާރުގެ ދޯހަޅިކަމުންނާއި ޑޮކްޓަރުންގެ ބަސް ނޭހުމުގެ ނަތީޖާއަކަށްވީ އެންމެ ފަހުން ރާއްޖެއަށް ކޮވިޑް އެތެރެވުމެވެ. ދެން ވެސް ޑޮކްޓަރުން ދިޔައީ ދެން ކުރެވެން ހުރި ކަންކަން ބަލާ އެކަމުގެ އިރުޝާދު ސަރުކާރާ ހިއްސާ ކުރަމުންނެވެ. ނަމަވެސް ޑޮކްޓަރުންގެ އެ އާދޭހުގެ ކުރިމަތީގައި އަދުގެ ސަރުކާރުވީ ކަނު، ބީރު މަންމަނު ބައެއްގެ ގޮތުގައެވެ. ސަރުކާރުން ދިޔައީ ރައްޔިތުން އެވި މިވެނި ކަމެއް ކުރަން ގޮވަމުން ބަޔާން ނެރެމުންނެވެ.

ރައްޔިތުން ދިޔައީ ކިޔަމަންތެރިކަމާއެކު ކަނުލާ އަހައި އެކަންކަން ތަންފީޒު ކުރަމުންނެވެ. ޑޮކްޓާރުން ދަނީ ހަމަ ކެނޑިނޭޅި އިރުޝާދު ދެމުންނެވެ. ދެން ހަމަ ސަލާމަތް ނުވާ ހިސާބަށް ދިޔައީމާ ރާއްޖޭގެ ބޯޑަރު ބަންދުކޮށް ރިސޯޓުތަކުގެ ވެރިންނަށް މަންފާ ހޯދާ ދިނުމަށް އެތަންތަން ބޮޑު އަގުގައި ކުއްޔައްނެގި އެވެ. ދެން ފެނުނީ ކައުންސިލް އިންތިޚާބަށް ވޯޓު ލުމަށް ޢާންމުން ރައްޔިތުން ޤުރުބާން ކުރިތަނެވެ. އެންމެ ފަހުން ކޮވިޑަށް ފައްސިވެފައި ހުއްޓަސް ވޯޓުލުމަށް ރައްޔިތުން ނެރުނެވެ. އޭގެ ނަތީޖާއަކަށްވީ އިންތިހާއަށް ބަލި އިތުރުވެ ގިނަ ބައެއްގެ ފުރާނަ މިކަމުގެ ސަބަބުން ޤުރުބާން ކުރަން ޖެހުމެވެ.

އަދި ވެސް މައިތިރި ވީއެއް ނޫނެވެ. އިންޑިއާގެ ޙާލަތު އެންމެ ގޯސް ވެފައިވަނިކޮށް އިތުރު ރާޅެއް އަރާފައިވަނިކޮށް އިންޑިއާއިން ރާއްޖެއަށް މީހުން އައުން ގިނަވެގެން ދިޔައެވެ. އަދިވެސް ރައްޔިތުން ކިޔަމަންތެރިކަމާއެކު ބަންދުވެގެން ގިނަ ބައެއްގެ ވަޒީފާ ގެއްލި އެތައް ވިޔަފާރި އެއް ބަނގުރޫޓުވެ ދިޔައިއިރުވެސް ސަރުކާރުން މިކަން ހުއްޓާކަށް ޚިޔާލެއްވެސް ނުކުރިއެވެ. ރައްޔިތުނާއި ޑޮކްޓަރުން އެތައް އާދޭހެއް ކުރަމުން ދިޔައިރުވެސް ހަމަ ކުރިއެކޭ އެއްފަދައިން ސަރުކާރުން ދިޔައީ މިކަމަކީ ރައްޔިތުންގެ މައްސަލައެއް ކަމަށް ސިފަކުރަމުން ރައްޔިތުންނަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ބޮޑުކުރަމުންނެވެ. ތެދެކެވެ. ބަޑަށް ޖެހުނީ ރައްޔިތުންނެވެ. މިލިޔަނުން ފައިދާވީ ސަރުކާރުގެ އިސް މަޤާމުތަކުގައި ތިބި ވެރިންނަށެވެ. ކޮންމެ ކަމެއްގައިމެ ބިކަޙާލުޖެހި ޖޫރިމަނާ ވަނީވެސް ރައްޔިތުމީހާއެވެ. ކޮންމެ ކަމެއްގައިމެ ގޯސްވަނީ ނިކަމެތި ރައްޔިތުމީހާއެވެ. މިޔަށް ކިޔަނީ ” ވަޅަށް ބަކަރި”އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.