ޖަމިއްޔަތުލް ނިދާއުއަލް އިސްލާމްއާއި ނ ފޮއްދޫ ކައުންސިލް ގުޅިގެން ފޮއްދޫ ގަބުރުސްތާނު 24 ސެޕްޓެމްބަރު ވާ ހޮނިހިރިދުވަހު ވަނީ ސާފުކޮށްފައެވެ.
މިކަމާ ގުޅިގެން ނިދާއު އަލް އިސްލާމް ޖަމިއްޔާގެ ފަރާތުން މީޑިއާއާއި ވާހަކަދައްކަމުން އެ ޖަމިއްޔާގެ ރައީސް އިބްރާހިމް ވާފިރު ވިދާޅުވީ ފޮއްދޫގެ ގަބުރިސްތާނަކީ ފޮއްދޫގެ މީހުން ދިރިއުޅޭ ސަރަހައްދާއި ދުރުގައި އަދި އެރަށުގެ ވަލާއި ވަރަށް ކައިރީގައި ހެދިފައިހުންނަތަނަކަށް ވާތީ ގަބުރުސްތާނުތެރޭގައި ވިނަބޯވާކަމަށާއި އަދި އެ ގަބުރުސްތާނަކީ ފޮއްދޫގައި މީހުން ވަޅުލުމަށް ހެދިފައިވާ ހަމައެކަނި ތަން ކަމުގައިވާތީ އެތަން އަބަދުވެސް ސާފުކުރުމަށް އިސްކަމެއް ދޭކަމެށެެވެ.
“ ފޮއްދޫގެ ގަބުރުސްތާނަކީ ވަރަށް ކުރީއްސުރެވެސް މީހުން ވަޅުލުމަށް މީހުން އާބާދުވެ އުޅޭ ހިސާބާ ފުދޭވަރަކަށް ދުރުގައި އޮންނަ ތަނެއް. އެހެން ކަމުން އެތާގައި ވަރަށް އަވަހަށް ވިނަބޯވެ ގަސްތައް ފަޅާ. އެހެހް ކަމުން އަހަރުމެންގެ ޖަމިއްޔާގެ ފަރާތުން އެކަމަށް ވަރަށް ހާޞަ ސަމާލުކަމެއް ދީގެން ގަބުރުސްތާނު ްސާފުކޮށް ބަލަހައްޓަމުން މިގެންދަނީ. ކުރިޔަށް އޮތްތާނގަވެސް މިކަން މިގޮތަށް ކުރަމުން ގެންދާނަން“ ޖަމިއްޔާގެ ރައީސް ވާފިރު ވިދާޅުވިއެވެ.