މިއީ އެންމެން އެކަކު އަނެކަކުގެ އެހީތެރިކަމަށް ބޭނުންވެފައިވާ ވަގުތު: މިނިސްޓަރ ނަސީމް

ޞިއްޙީ އާލާތްތަކާއި ވަޞީލަތްތައް ފޯރުކޮށް ދިނުމުގައި، ރާއްޖޭގެ އާބާދީއަށް ބަލައި ތަފާތުކުރެވިގެން ނުވާނެކަމަށް ހެލްތު މިނިސްޓަރ އަހްމަދު ނަސީމު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ ވަރލްޑް ހެލްތު އެސެމްބްލީގެ 74 ވަނަ ބައްދަލުވުމުގައި ވަރޗުއަލްކޮށް ބައިވެރިވެވަޑައިގެން މިރޭ ތަޤްރީރުކުރައްވަމުން ނެވެ.

އިޝްތިހާރު Below Header ad

މިނިސްޓަރުގެ ތަޤްރީރުގައި ދިވެހިރާއްޖޭގެ ނާޒުކު ހާލަތު ބަޔާންކޮށްދެއްވައި ރާއްޖެއިން މިހާތަނަށް ކޮވިޑް-19ގެ ކަންކަމުގައި އަޅަމުން ގެންދާ ފިޔަވަޅުތަކަށް ވަނީ އަލިއަޅުއްވާލައްވާފަ އެވެ.

އެގޮތުން ޑަބްލިޔު.އެޗް.އޯގެ ހުރިހާ މެމްބަރު ޤައުމުތަކުން ގުޅިގެން ކޮވިޑް-19އަށް ހައްލުހޯދުމަށް މަސައްކަތް ކުރުމަށް މިނިސްޓަރ ވަނީ އެދިވަޑައިގެންފަ އެވެ.

ދިވެހިރާއްޖޭއަކީ ނިސްބަތުން ޞިއްޙީދާއިރާއަށް ގިނަގުނަ ހޭދަ ކުރަމުން އަންނަ ޤައުމަކަށް ވީނަމަވެސް، ރާއްޖޭގެ ރަށްތައް ބެހިފައި އޮންނަ ގޮތުން ކުރިމަތިލާންޖެހޭ ގޮންޖެހުންތައް ތަފާތުކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ތަރައްޤީ ވެފައިވާ ޤައުމުތަކާއި ވަޞީލަތްތައް މުއްސަނދި ޤައުމުތަކެކޭ އެއްގޮތަށް ރާއްޖެއަށް ޞިއްޙީ އާލާތްތަކާއި ވަޞީލަތްތައް ފޯރުކޮށް ދިނުމުގައި، ރާއްޖޭގެ އާބާދީއަށް ބަލައި ތަފާތުކުރެވިގެން ނުވާނެކަން ވެސް މިނިސްޓަރ ނަސީމު ވަނީ ފާހަގަކުރައްވާފަ އެވެ.

މީގެ އިތުރުން ކޮރޯނާ ވައިރަސް، މީހުންނާއި ޤައުމުތަކުގެ ތަފާތު ނުދަންނަކަމާއި، މިކަމުން އަރައިގަނެވޭނީ ހަމައެކަނި ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުންބަދަހިކޮށް އެއްޤައުމުން އަނެއް ޤައުމަށް އެހީތެރިކަން ފޯރުކޮށްދީގެން ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ. އަދި ދިވެހިރާއްޖެއަށް ކޮވިޑް-19 ގެ 3 ވަނަ ރާޅާއި ކުރިމަތިލާން ޖެހިފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މި ހާލަތުގައިވެސް އެއްވެސް ތަފާތުކުރުމެއްނެތި ރާއްޖޭގެ ރައްޔިތުންނަށާއި ރާއްޖޭގައި ދިރިއުޅޭ ރާއްޖެއިން ބޭރު ޤައުމުތަކުގެ މީހުންނަށް ހިލޭ ވެކްސިން ދެމުން ގެންދާކަމަށެވެ.

ސިއްޙީ ރައްކާތެރިކަމަކީ ތަފާތު ކުރުމެއްނެތި އެންމެނަށް ލިބެންޖެހޭ ޙައްޤެއް ކަަމަށާއި ޑަބްލިޔު.އެޗް.އޯ އިން ކޯވިޑް-19ގެ ކަންކަމުގައި މެމްބަރު ޤައުމުތަކަށް ފޯރުކޮށްދެއްވާ ފަންނީ ލަފަޔާއި އިރުޝާދު ބަލައިގަނެ އެކަމަށް މިނިސްޓަރ ވަނީ ޝުކުރު އަދާކުރައްވާފަ އެވެ. އަދި މިވަގުތަކީ އެންމެން އެކަކު އަނެކަކުގެ އެހީތެރިކަމަށް ބޭނުންވެފައިވާ ވަގުތުކަމުން، ދޭދޭ ޤައުމުތަކުގެ މެދުގައި ހުރި ހަމަނުޖެހުންތައް އެއްފަރާތްކޮށް އެކުވެރި މާހަޢުލެއްގައި މަސައްކަތް ކުރުން މުހިއްމުކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.

ހެލްތު މިނިސްޓަރ އަހްމަދު ނަސީމު ވިދާޅުވީ ކުރިއަށް އޮތްތަނުގައިވެސް މިކަހަލަ ޙާލަތްތައް ދިމާވާނެކަމަށް ބަލާ ޢަމަލުކުރާނެ ގޮތްތަކެއް ދުރާލާ ކަނޑަޅާފައި ބެހެއްޓުން މުހިންމު ކަމަށެވެ.

ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތައް ނުވަތަ ކައުނީ ވަބާއެއް ދިމާވެއްޖެނަމަ ޢަމަލުކުރާނެ ގޮތްތަކުގެ ޕްލޭންތައް ޤައުމުތަކުގައި ކުރީއްސުރެ ހުރި ނަމަވެސް، މި ޕެންޑަމިކުން އަޅުގަނޑުމެންނަށް ހާމަކޮށްދިން އެއް ޙަޤީޤަތަކީ، އެއްވެސް ޤައުމެއް އަދި މުޅި ދުނިޔެވެސް އޮތީ އެކަށީގެންވާ ވަރަށް ތައްޔާރު ނުވެކަމަށް މިނިސްޓަރ ފާހަގަ ކުރެއްވި އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.