ޗެލްސީއަތުން ތަފާތު ބޮޑުކޮށް މެންޗެސްޓާ ޔުނައިޓެޑު ބަލިވެއްޖެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑާ ޗެލްސީ ބައްދަލުކުރި މެޗު ތަފާތު ބޮޑު ނަތީޖާއަކުން ޗެލްސީ ކުރި ހޯދައިފިއެވެ.

މިމެޗުން މެންޗެސްޓާ ޔުނައިޓެޑުގެ މައްޗަށް ޗެލްސީން ކުރިހޯދާފައިވަނީ 0-4 ގެ ނަތީޖާއިނެނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ޗެލްސީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ޗެލްސީން މޮޅަށް ކުޅުނުއިރު މެޗުގެ ފުރަތަމަ ގޯލްޖަހާ ލީޑުނެގީ ވެސް އެޓީމުންނެވެ. މެޗު ފެށިގެން 33 ވަނަ ސިކުންތުގައި ޗެލްސީއަށް ލަނޑުޖަހާ ލީޑުބަގައިދިނީ ޕެޑްރޯއެވެ. ޕެޑްރޯ މި ގޯލް ޖަހައިދިނީ މާކޯ އަލޮންސޯ ނަގައިދިން ބޯޅައަކުން ގޯލްގެތެރެއަށް ވައްދާލައިގެންނެވެ.

ޗެލްސީގެ ދެވަނަ ގޯލް ޖަހާ މެޗުގެ ލީޑު ފުޅާކުރީ މެޗުގެ 21 ވަނަ މިނެޓުގައި ގެރީ ކޭހިލް ކާމިޔާބުކޮށްދިން ގޯލުންނެވެ.

ޗެލްސީން ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފް ނިންމާލިއިރު އެޓީމުގެ ދެވަނަ ގޯލްޖަހާ މެޗުގެ ލީޑު އިތުރަށް ފުޅާކުރީ މެޗުގެ 62 ވަނަ މިނެޓުގައި އެޑެން ހަޒާޑު ކާމިޔާބުކޮށްދިން ގޯލަކުންނެވެ. ޗެލްސީގެ ހަތަރުވަނަ ގޯލް މެޗުގެ 70 ވަނަ މިނެޓުގައި ޖަހައިދިނީ މި ސީޒަނުގައި ލެސްޓާ ސިޓީން އެޓީމާ ގުޅުނު އެންގޯލޯ ކާންޓޭއެވެ.

މި ލަނޑަށް ފަހުވެސް ޗެލްސީން ދިޔައީ ޔުނައިޓެޑުގެ ގޯލަށް ނުރައްކާކުރަމުންނެވެ.

މި މެޗުން ބަލިވިއިރު ޔުނައިޓެޑު އެޓީމު ކުރިން ލީގުގައި ކުޅުނު ދެމެޗުންވެސް މޮޅުވެފައެއް ނުވެއެވެ. މީ އެޓީމަށް ލީގުގައި މޮޅުނުވެވި ނިންމާލަން ޖެހުނު ތިންވަނަ މެޗެވެ.

ލީގުގައި މިހާތަނަށް ޔުނައިޓެޑު 9 މެޗު ކުލެފައިވާއިރު އެޓީމު މޮޅުވެފައިވަނީ 4 މެޗުންނެވެ. ދެމެޗުން އެއްވަރުވެފައިވާއިރު އަނެއް ތިންމެޗުން ވަނީ ބަލިވެފައެވެ.

މި ނަތީޖާއާއެކު ޔުނައިޓެޑު އޮތީ 14 ޕޮއިންޓާއެކު ލީގުގެ 7 ވަނާގައެވެ. ޔުނައިޓެޑުއަތުން މޮޅުވި ޗެލްސީ ވަނީ ލީގުގެ ހަތަރުވަނާގައި އޮތް ޓޮޓެންހަމްއާއި ޕޮއިންޓްގެ ގޮތުން ހަމަކޮށް ގޯލުގެ ތަފާތުން ލީގުގެ ހަތަރުވަނައަށް އަރާފައެވެ.

ލީގުގެ އެއްވަނައިގައި 20 ޕޮއިންޓާއެކީ އޮތީ ސިޓީއެވެ. ލީގުގެ ދެވަނައިގައި އޮތް ލިވަޕޫލް އަދި ތިންވަނައިގައި އޮތް އާސެނަލްއަށް ވެސް މި އަދަދަށް ޕޮއިންޓް ލިބިފައިވާއިރު ސިޓީއަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.