ޚަބަރު ފީތާ

އެންވަޔަރްމެންޓް ކްލައިމެޓް ޗޭންޖު އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ޝަރީފް އައްޔަން ކުރައްވައިފި

ފޮޓޯ: ޝަރީފް އެފްބީ

މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ މަޤާމަށް ހ. ޔެލޯރޯޒް، މުޙައްމަދު ޝަރީފު ޢައްޔަން ކުރައްވައިފި އެވެ.

މުޙައްމަދު ޝަރީފަކީ، އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބާމިންގހަމްގެ އިލެކްޓްރޯނިކް އެންޑް އިލެކްޓްރިކަލް އިންޖިނިއަރިންގ ވިތް މެނޭޖްމަންޓް އިން މާސްޓަރސް އޮފް އިންޖިނިއަރިންގ ޙާޞިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.

މި މަޤާމަށް ޢައްޔަނުކުރެއްވުމުގެ ކުރިން މުޙައްމަދު ޝަރީފު އަދާކުރައްވާފައިވަނީ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ ޕާމަނަންޓް ސެކްރެޓަރީގެ މަޤާމެވެ.

މުހައްމަދު ޝަރީފަކީ 2020 ވަނަ އަހަރުން ފެށިގެން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ހިންގާ ބޯޑުގައި އިންފޮމޭޝަން ޓެކްނޮލޮޖީގެ ބޯޑު ތަމްޞީލުކުރައްވަމުންދާ ބޭފުޅެކެވެ. އަދި ވަރަށް ގިނަ މަތީ މަޤާމުތައް ވެސް ޝަރީފް ވަނީ ފުރުއްވާފަ އެވެ.

އެގޮތުން ނެޝަނަލް ސެންޓަރ ފޮ އިންފޮމޭޝަން ޓެކްނޮލޮޖީ އެން.ސީ.އައި.ޓީގެ ޗީފް އިންފޮމޭޝަން އޮފިސަރގެ މަޤާމާއި ސައިރެކްސް ކޮލެޖުގެ ރެކްޓަރ ގެ މަޤާމުފަދަ މަޤާމުތައްފުރުއްވާފައި ވެއެވެ.

Like
Like Love Haha Wow Sad Angry