ސިޓީ މޮޅުވިޔަނުދީ ސައުތެމްޕްޓަންއިން ހިފަހައްޓައިފި.

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ސިޓީއާއި ސައުތެމްޕްޓަން ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

މިމެޗު އެއްވަރުވެގެން ނިމުނީ 1-1 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ސިޓީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ސިޓީން މޮޅަށް ކުޅުނުއިރު މެޗުގެ ފުރަތަމަ ގޯލްޖަހާ ލީޑުނެގީ ސައުތްހެމްޓަންއިންނެވެ. މި ގޯލް މެޗުގެ 27 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ނޭތަން ރެޑްމޮންޑްއެވެ.

ސައުތްހެމްޓަން ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފް ނިންމާލިނަމަވެސް  ދެވަނަ ހާފްގެ ވަރަށް ކުރީކޮޅު  ސިޓީން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މި ގޯލް ސިޓީއަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ކެލެޗީ އިހެނާޗޯއެވެ.

މި ގޯލަށްފަހު ސިޓީން ރަނގަޅަށް ކުޅެމުން ދިޔައިރު އެޓީމުން ވަނީ ކައިރިކައިރީގައި ސައުތްހެމްޓަންގެ ގޯލަށް ނުރައްކާ ތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން ސާޖިއޯ އަގުއެރޯ އާއި ޑޭވިޑް ސިލްވާ ފޮނުވާލި ހަމަލާތަށް ފާހަގަކޮށްލެވެއެވެ.

މި މެޗު އެއްވަރުވެގެން ނިމުނުއިރު މީ ސިޓީއަށް މޮޅުނުވެވި ނިންމާލަންޖެހުނު ފަސްވަނަ މެޗުކަންވެސް ފާހަގަކޮށްލަންޖެހެއެވެ.

އެގޮތުން އެންމެފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗު އެއްވަރުވެގެން ނިމުނުއިރު އެއް މެޗުން ވަނީ ބަލިވެފައެވެ.

މި ނަތީޖާއާއެކު ވެސް ލީގުގެ އެއްވަނައިގައި 20 ޕޮއިންޓާއެކީ އޮތީ ސިޓީއެވެ. ލީގުގެ ދެވަނައިގައި އޮތް ލިވަޕޫލް އަދި ތިންވަނައިގައި އޮތް އާސެނަލްއަށް ވެސް މި އަދަދަށް ޕޮއިންޓް ލިބިފައިވާއިރު ސިޓީއަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.