މިސްރުގެ މެދުވެރިވުމާއެކު އިޒްރޭލުން ޣައްޒާއަށް ދޭ ހަމަލާތައް ހުއްޓާލަން އެއްބަސްވެއްޖެ

މިސްރުގެ މެދުވެރިވުމާއެކު އިޒްރާއިލުން ޣައްޒާގެ ހަމަލާތައް ހުއްޓާލަން އެއްބަސްވެއްޖެ އެވެ.

އިސްރާއީލުގެ ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނަކާއި ޙަވާލާދީ ރިޕޯޓުތައް ބުނެފައިވަނީ ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް މިސްރުން ހުށަހަޅާފައިވާ ހުށަހެޅުން އެއްވެސް ޝަރުތަކާ ނުލާ ގަބޫލުކުރުމަށް އިސްރާއީލުގެ ސެކިއުރިޓީ ކެބިނެޓުން ނިންމާފައިވާ ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މީގެ އިތުރުން މި ބަޔާން ނެރުނުތާ ކުޑައިރުކޮޅެއްގެ ތެރޭގައި، ހަމަލާ ބަދަލުކުރުމަށް އެއްބަސްވާކަން އިއުލާންކޮށް ފަލަސްތީނުގެ ހަމާސް ޖަމާއަތުންނާއި އިސްލާމިކް ޖިހާދުންވެސް ބަޔާނެއް ނެރެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިސްރު މެދުވެރިވެގެން ގާއިމްކުރި ސުލްހައިގެ އެއްބަސްވުމަކަށް ފަހު، މި ހަމަލާތައް ހުއްޓާލަން އެއްބަސްވެފައިވާ އިރު، ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކުން ފެށިގެން އިޒްރާއީލުން އަންނަނީ ޣައްޒާއަށް ޙަމަލާތައް ދެމުން ނެވެ.

މިހާތަނަށް އައިއިރު ފަލަސްތީނުގެ 230 މީހަކުވަނީ ޝަހީދު ކޮށްލާފައިވާ އިރު، މީގެތެރޭގައި 65 ކުޑަކުދިންނާއި 39 އަންހެނުންވެސް ހިމެނެއެވެ. އަދި ފަލަސްތީނުގެ 1،710 މީހަކަށް ވަނީ އަނިޔާވެފަ އެވެ.

އިސްރާއީލުގެ އުދުވާނީ ހަމަލާތަކާއި ދެކޮޅަށް ހަމާސް ޖަމާއަތުންނާއި އަދި ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދު ކުރަމުންދާ އެހެން ޖަމާއަތްތަކުން، އިސްރާއީލް އަމާޒުކޮށް ފޮނުވާލާފައިވާ ރޮކެޓް ހަމަލާތަކުގައި އިސްރާއީލު 12 މީހަކުވަނީ މަރުވެފައެވެ. މީގެ ތެރޭގައި 2 ކުޑަކުދިންވެސް ހިމެނެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.