ޣައްޒާގެ ޢުމްރާނީ ގެއްލުން 322 މިލިއަން އެމެރިކާ ޑޮލަރަށް އަރާ

އިޒްރާއީލުން، ޣައްޒާއަށް ދެމުންގެންދާ ޢުދުވާނީ ޙަމަލާތަކާއިގުޅިގެން ޣައްޒާގެ ޢުމްރާނީ ގެއްލުން 322 މިލިއަން އެމެރިކާ ޑޮލަރަށް އަރާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ޣައްޒާގައި ހުންނަ ސަރުކާރުގެ އޮފީހާ ޙަވާލާދީ ރިޕޯޓުތައް ބުނެފައިވަނީ ޣައްޒާގައި ހުރި، މީހުން ދިރިއުޅޭ ޓަވަރުތަކާއި ގެތަކުގެ ތެރެއިން، މަދުވެގެން 184 ޓަވަރާއި ގެތައް ބިމާ ހަމަކޮށްލާފައިވާ ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މީގެ އިތުރުން 33 މީޑިއާ ސެންޓަރެއް ފުޑުފުޑު ކޮށްލާފައިވާ އިރު، މި ތަންތަން އާރާސްތު ކުރުމަށް 92 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނައިން ހޭދަވާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެފައި ވެއެވެ. އަދި ޣައްޒާގެ 1،335 ހައުސިންގ ޔުނިޓެއް ހަލާކު ކޮށްލާފައިވާއިރު، އިތުރު 13،000 ހައުސިންގ ޔުނިޓަކަށް ވަނީ، އެތަކެއް ގެއްލުން ލިބިފަ އެވެ.

ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތައް ފެށުމާއެކު އިސްރާއީލުން ޣައްޒާއަށް ދެމުންދާ އުދުވާނީ ހަމަލާތަކުގައި މިހާތަނަށް އައިއިރު ފަލަސްތީނުގެ 230 މީހަކު ޝަހީދު ކޮށްލާފައި ވެއެވެ. މީގެތެރޭގައި 65 ކުޑަކުދިންނާއި 39 އަންހެނުންވެސް ހިމެނެއެވެ. އަދި ފަލަސްތީނުގެ 1،710 މީހަކަށް ވަނީ އަނިޔާވެފައެވެ.

އިސްރާއީލުގެ އުދުވާނީ ހަމަލާތަކާއި ދެކޮޅަށް ހަމާސް ޖަމާއަތުންނާއި އަދި ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދު ކުރަމުންދާ އެހެން ޖަމާއަތްތަކުން، އިސްރާއީލް އަމާޒުކޮށް ފޮނުވާލާފައިވާ ރޮކެޓް ހަމަލާތަކުގައި އިސްރާއީލު 12 މީހަކުވަނީ މަރުވެފައެވެ. މީގެ ތެރޭގައި 2 ކުޑަކުދިންވެސް ހިމެނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.