ހަފުތާއަކު 4 ދަތުރާއެކު، ސައުދީ އެއަރ އިން ރާއްޖެއަށް ދަތުރުތައް ފަށައިފި

ހަފުތާއަކު ހަތަރު ދުވަހު ފްލައިޓް ބާއްވާގޮތަށް ސައުދީ އެއަރ އިން ރާއްޖެއަށް ދަތުރުތައް ފަށައިފިއެވެ.

އެ އެއަރލައިނުން މީގެކުރިންވެސް ރާއްޖެއަށް ވަނީ ދަތުރުތައް ފައްޓާފަ އެވެ. ނަމަވެސް އޭރު ދަތުރުތައް މެދުކަނޑާލީ ކޮވިޑް-19 އާ ގުޅިގެން ނެވެ.

އިޝްތިހާރު Below Header ad

އެ އެއަރލައިނުން ދަތުރުތައް އަލުން ފެށުމާއެކު ކޮންމެ ހަފުތާއެއްގެ އާދީއްތަ، ބުދަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު ދަތުރުތައް ބޭއްވުމަށް ވަނީ ނިންމާފައެވެ.

ކޮވިޑް-19 އާ ގުޅިގެން އެ ގައުމުން ބައިނަލްއަގްވާމީ ދަތުރުތައް ވަގުތީ ގޮތުން ހުއްޓައިލާފައިވީނަމަވެސް މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން ބައިނަލްއަގްވާމީ ދަތުރުތައް އަލުން ވަނީ ފަށާފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ކޮވިޑުން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށް ފަހު، އަލުން ހުޅުވުމާއެކު 30 އެއަރލައިނަކުން މިހައިތަނަށް ވަނީ އަލުން ދަތުރުތައް ފަށައިފަ އެވެ.

މީގެ ތެރޭގައި 22 އެއަރލައިނަކުން ޝެޑިއުލް ދަތުރުތައް ކުރާއިރު 8 އެއަރލައިނަކުން ކުރަނީ ޗާޓަރު ދަތުރުތަކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.