ޚަބަރު ފީތާ

މާބަނޑު މީހުންނަށް ފައިޒާ ވެކްސިން ޖަހަން ފަށައިފި

މާބަނޑު މީހުންނަށް ފައިޒާ ވެކްސިން ޖަހަން ފަށައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ރާއްޖޭގައި މާބަނޑު މީހުންނަށް ވެކްސިން ދިނުމާ ގުޅޭގޮތުން ގޮތެއް ނިންމާފައިވަނީ ގިނަ މަޝްވަރާތަކަކަށްފަހު ކަމަށެވެ.

ފައިޒަރ ވެކްސިނަކީ މިހާތަނަށް ރާއްޖޭގައި ދެމުން އަންނަ، ރައްކާތެރިކަން އެންމެ ބޮޑު އެއް ވެކްސިނެވެ. މިދިޔަ އޭޕްރިލް މަހުގެ 11 ވަނަ ދުވަހު މި ވެކްސިން ރާއްޖޭގައި ދޭން ފަށާފައިވާ އިރު، މިވެކްސިނަށް ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުއްދަ ދިނީ މާރޗް މަހު އެވެ.

މީގެކުރިން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ޙާލަތު ގޯސްވެގެން އައި.ސީ.ޔޫއަށް ލާންޖެހޭފަދަ ޙާލަތަކަށް ނުދިޔަނަމަވެސް މިހާރު މާބަނޑު މީހުންނަށް އައި.ސީ.ޔޫގައި ފަރުވާދޭންޖެހޭ ނިސްބަތްވަނީ އިތުރުވެފައެވެ.

ފައިޒަރ ވެކްސިން ދެނީ ހަށިގަނޑުގެ ދިފާއީ ނިޒާމުގެ ބާރުދެރަ މީހުންނާއި ބޮޑެތި އޮޕަރޭޝަންތައް ކޮށްފައިވާ މީހުންނާއި، ދާއިމީ ބޮޑެތި ބަލިތަކަށް ފަރުވާހޯދަމުންދާ މީހުންނަށެވެ.

މި ވެކްސިނަކީ އުމުރުން 16 އަހަރުން މަތީގެ މީހުންނަށް ދެވޭ ވެކްސިނަކަށްވާއިރު، ރާއްޖޭގަ އުމުރުން 16 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންނަށް ފައިޒަރ ވެކްސިން ދިނުމަށް ވެކްސިން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ސަރުކާރުންވަނީ ހާމަކުރައްވާފައެވެ.

ރާއްޖޭގައި މިވަގުތު ޖަހަމުންދާ ފައިޒަރ ވެކްސިނަކީ ޑަބްލިއުއެޗްއޯގެ ކޯވެކްސް ފެސިލިޓީގެ ދަށުން ރާއްޖެއަށް ލިބިފައިވާ ވެކްސިނެވެ. މި ވެކްސިންގެ 5،500 ޑޯޒް ވަނީ ލިބިފައެވެ.

Like
Like Love Haha Wow Sad Angry