އުރީދޫގެ ޚާއްސަ ހަދިޔާ އެމްފައިސާ ބޭނުންކުރާ ފަރާތްތަކަށް!

އުރީދޫގެ އެމްފައިސާ ބޭނުންކުރާ ފަރާތްތަކަށް ޚާއްސަ ހަދިޔާ އެއް ހޯދުމުގެ ފުރުސަތު އެ ކުންފުނިން ތަނަވަސްކޮށްދީފި އެވެ.

އެގޮތުން މިއަދު ފެށި މި ޕްރޮމޯޝަންގެ ދަށުން އެމް-ފައިސާ ގެ ރެޖިސްޓްރޭޝަން ފުރިހަމަކޮށް 500ރ ކޭޝް-އިން ކުރައްވާ ފަރާތްތަކުގެ އެމް-ފައިސާ ވޮލެޓަށް 50ރ ޖަމާވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި އަލަށް ރެޖިސްޓްރޭޝަން ފުރިހަމަކުރާ ފަރާތްތަކުގެ ތެރެއިން އެމް-ފައިސާ މެދުވެރިކޮށް 500ރ ވުރެ މަތިން ޔުޓިލިޓީ ބިލްދައްކަވާ ކަސްޓަމަރުންގެ ވޮލެޓަށް 25ރ ޖަމާވާނެ ކަމަށް ވެސް ބުންޏެވެ.

އިޝްތިހާރު Below Header ad

އުރީދޫ އެމް-ފައިސާ އަކީ ކޮންމެތަނަކުން، އަދި ކޮންމެ ވަގުތެއްގައިވެސް، ޑިޖިޓަލް ވޮލެޓެއް މެދުވެރިކޮށް ފައިސާ ޖަމާކޮށް، ފައިސާ ނަގައި، އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ފޮނުވައި، ތަފާތު ޚިދުމަތްތަކަށް ފައިސާ ދެއްކުމަށް މަގުފަހިކޮށްދޭ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަން އެކެވެ.

ކަރަންޓާއި ފެން ފަދަ އެންމެ ގިނަ ޔޫޓިލިޓީ ބިލްތަކަށް އެއްތަނަކުން ފައިސާ ދެއްކެވުމަށް ރާއްޖޭގައި ބޭނުންކުރެވޭ ޑިޖިޓަލް ޕްލެޓްފޯމްގައި އުރީދޫ، ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، މީޑިއާނެޓް، މޯލްޑިވް ގޭސް އަދި ވިލާ ގޭސް ފަދަ ގިނަ ކުންފުނިތަކެއް ވެސް ހިމެނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.