ޔޫރޯއަށް ދާ ފްރާންސްގެ ގައުމީ ސްކޮޑުގައި ބެންޒެމާ ހިމަނައިފި

އަންނަ ޖޫން މަހު 11 ގައި ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް އެކުލަވާލީ ފްރާންސްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުގައި ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ތަޖުރިބާކާރު ފޯވާޑް ކަރީމް ބެންޒެމާ ހިމަނައިފިއެވެ.

ދުނިޔޭގެ މަޝްޙޫރު ކުޅިވަރު ނޫހެއް ކަމުގައިވާ އޯލް ފުޓްބޯލް އިން ބުނީ އަންނަ މަހު ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ފްރާންސްއިން އެކުލަވާލި 23 ކުޅުންތެރިންގެ ސްކޮޑްގައި ކަރީމް ބެންޒެމާ ހިމަނާފައިވާ ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

6 އަހަރުގެ މެދު ކެނޑުމަކަށް ފަހު ފްރާންސްގެ ގައުމީޓީމުން ބެންޒެމާއަށް ފުރުސަތު ލިބުނު އިރު، އެންމެ ފަހުން ފްރާންސްގެ ގައުމީޓީމުގައި ބެންޒެމާ ހިމަނާފައިވަނީ 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވުނު ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައެވެ.

ބެނެޒެމާއަށް ފްރާންސްގެ ގައުމީޓީމުން ފުރުސަތު ގެއްލުނީ 2015 ވަނަ އަހަރުގައެވެ. ބެންޒެމާއަށް ފްރާންސްގެ ގައުމީ ޓީމުން ފުރުސަތު ގެއްލުނީ އޮރިޔާންކާޑު ބޭނުންކޮށްގެން ފްރާންސްގެ މިޑްފީލްޑަރު މެތިއު ވަލްބުއޭނާއަށް ބިރުދައްކައި، ލާރި ހޯދަން މަސައްކަތްކޮށްފައިވާ ކަމަށް ތުހުމަތުކޮށް އޭނާ ހައްޔަރުކުރުމާ ގުޅިގެންނެވެ.

1621370911942

މިކަންތައް ހިނގިކަމަށް ރިޕޯޓު ކުރެވިފައިވަނީ ބްރެޒިލުގައި 2014 ވަނަ އަހަރު ކުރިއަށްދިޔަ ފީފާ ވޯލްޑް ކަޕުގެ ތެރޭގައެވެ. މި މައްސަލައާއި ވުޅިގެން 2015 ވަނަ އަހަރުގެ ފަހުން މި ދެ ކުޅުންތެރިންނަށް ވެސް ފްރާންސް ސްކޮޑުން ފުރުސަތު ދީފައެއް ނުވެއެވެ.

އަންނަ މަހުގެ 11 ގައި ޔޫރަޕުގެ 12 ގައުމެއްގައި ފަށާ ޔޫރޯއަށް ފްރާންސުން އެކުލަވާލި ސްކޮޑުގައި އުމުރުން 33 އަހަރުގެ ބެންޒެމާ ހިމަނާފައިވާއިރު މި ފަހަރުގެ ޔޫރޯގައި ފްރާންސް ވާދަކުރާނީ ގްރޫޕް އެފްގައެވެ. އެ ގްރޫޕުގައި ފްރާންސްގެ އިތުރުން ދެން ހިމެނޭ ގައުމުތަކަކީ ހަންގޭރީ، ޕޯޗުގަލް އަދި ޖަރުމަނެވެ.

ރިޕޯޓުތައް ބުނާގޮތުން ބެންޒެމާގެ މައްސަލައިގެ އަޑުއެހުންތައް އަންނަ އޮކްޓޯބަރު މަހުގައި ފަށާނެއެވެ. ބެންޒެމާގެ އިތުރުން ހަތަރު މީހަކަށް މި މައްސަލައިގެ ތުހުމަތުކުރެވޭއިރު، މި މައްސަލަ ސާބިތުވެއްޖެނަމަ، ބެންޒެމާއަށް ފަސް އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބެންޒެމާ ވަނީ މީގެ ކުރިން ފްރާންސްގެ ގައުމީ ފުޓްބޯޅަ ޓީމަށް 81 މެޗު ކުޅެދީފައެވެ. އަދި މި 81 މެޗުގައި 27 ގޯލް ވަނީ ކާމިޔާބު ކޮށްދީފައިވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.