ކޮވިޑު ބަލިމީހުންނަށް ބޭނުންވާ ވަރަށް އަތޮޅުތެރޭގައި އޮކްސިޖަން ހުންނާނެ: އެޗްއީއޯސީ

ކޮވިޑު ބަލިމީހުންނަށް ބޭނުންވާ ވަރަށް އަތޮޅުތެރޭގައި އޮކްސިޖަން ހުންނާނެ ކަމަށް އެޗްއީއޯސީން ބުނެފި އެވެ.

އެޗްއީއޯސީން މިހެން ބުނީ ކޮވިޑުގެ އެންމެފަހުގެ މަޢުލޫމާތު ދިނުމަށް ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޓޯލްނިއުސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ.

އިޝްތިހާރު Below Header ad

އެޗްއީއޯސީގެ ހެޑް އޮފް އޮޕަރޭޝަންސް އިބްރާހިމް އަޝްރަފް ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވް ވާ މިހުންގެ ތެރެއިން އޮކްސިޖަން ބޭނުންވާ މީހުންނަށް ބޭނުންވާވަރަށް އޮކްސިޖަން ލިބެން ހުންނާނެ ކަމަށެވެ. އަދި އަތޮޅުތަކުގައި ގާއިމުކޮށްފައިވާ ފެސިލިޓީތަކުގައި އެ އިންތިޒާމު ހަމަޖެހިފައި ހުންނާނެ ކަމަށެވެ.

މީގެ އިތުރުން މާލެއަށް އެފަދަ ބަލިމީހަކު ގެންނަނީ އެރަށްރަށުގައި ތިބޭ ޑޮކްޓަރުން ބައްލަވާފައި ކަމަށެވެ. އަދި އެ ސަރަހައްދަކުން އިތުރަށް ފަރުވާދެވެން ނެތް ހާލަތުގައި ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.