
އިނިއެސްޓާއަށް ވެސް އަނިޔާގެ މައްސަލަ ކުރިމަތިވެ ކުޅުމާއި ދުރައް.
އަނިޔާގެ ސަބަބުން ބާސެލޯނާގެ ތަޖުރިބާކާރު މިޑްފިލްޑަރު އަންދްރޭސް އިނިއެސްޓާ، ދެމަސްދުވަހަށް ކުޅުމާއި ދުރުގައި ހުންނަން ޖެހިއްޖެއެވެ.
އިނިއެސްޓާއަށް އަނިޔާވެފައިވަނީ، ސްޕެނިޝް ލީގުގައި ރޭ ވެލެންސިއާއާ ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗުގައެވެ. މި މެޗުން ބާސެލޯނާ މޮޅުވީ 2-3 ގެ ނަތީޖާއިންނެވެ.
އިނިއެސްޓާގެ އަނިޔާއާ ބެހޭގޮތުން އެކުލަބުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އިނިއެސްޓާއަށް ލިބިފައިވާ އަނިޔާއިން މުޅިން ރަނގަޅުވުމަށް، 6 ނޫނީ 8 ހަފްތާވަރު ނަގާނެ ކަމަށެވެ.
އަނިޔާވެ ކުޅުމާއި ދުރައްދާޖެހިފައިވާއިރު މިވަގުތުވެސް ބާސެލޯނާގެ މުހިންމު ދެކުޅުންތެރިއަކު ހުރީ އަނިޔާގައެވެ. އެއީ އެޓީމުގެ ދެ ޑިފެންޑަރުން ކަމުގައިވާ ޔޯޑީ އަލްބާއާއި ޖެރާޑް ޕީކޭއެވެ.
ބާސާގެ ޑިފެންސްލައިނުގައި މުނިމްމު ދައުރެއް އަދާކުރާ ދެކުޅުންތެރިންނަށް އަނިޔާވެ މުހިންމު ގިނަމެޗުތަކެއް އެ ދެކުޅުންތެރިންނަށް ގެއްލިގެންދާއިރު އިނިއެސްޓާއަކީ ވެސް ގިނަ މެޗުތަކެއް ގެއްލިގެންދާނެއެވެ.
އިނިއެސްޓާއަކީ ބާސާގެ މެދުތެރޭގައި މުހިއްމު ދައުރެއް އަދާކުރަމުން އަންނަ ކުޅުންތެރިއެކެވެ.
ރޭގެ މޮޅާއެކީ ބާސާ މިވަގުތު އޮތީ، 19 ޕޮއިންޓާއެކީ ސްޕެނިޝް ލީގުގެ އެއްވަނައިގައެވެ.



