ފަތުރުވެރިންނަށް ޓޫރިސްޓް ވިސާ ދިނުމާއި ގުޅޭ ކަންކަން ރިވިއު ކުރަނީ

މިމަހުގެ ފަހުކޮޅު ދެކުނު އޭޝިއާގެ ޤައުމުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ޓޫރިސްޓް ވިސާ ދިނުމާއި ގުޅޭ ކަންތައްތައް ރިވިއު ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ ދެކުނު އޭޝިއާގެ ޤައުމުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ޓުއަރިސްޓް ވިސާ ދިނުން މެދުކަނޑާލާފައި އޮތް އޮތުމަށް އަންނަ މަހުގެ ކުރީކޮޅު ލުއި ދެވޭނެކަމަށް ލަފާކުރެވޭކަމަށެވެ.

އިޝްތިހާރު Below Header ad

ހާލަތަށް ބަލައި ލުއި ދެވޭނެކަމަށް އުއްމީދު ކުރާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާ އިރު، ދެކުނުގެ އޭޝިއާގެ ޤައުމުތަކުގެ ފަތުރުވެރިން ރާއްޖެ އަންނަ ފަތުރުވެރިންނަށް ޓުއަރިސްޓް ވިސާ ދިނުން ވަގުތީ ގޮތުން މެދުކަނޑާލާފައި ވަނީ މިމަހުގެ 13 ވަނަ ދުވަހު އެވެ.

އެގޮތަށް ނިންމީ ހަލުވިކަމާާއިއެކު ކޯވިޑް-19ގެ ބަލިމަޑުކަން ފެތުރެމުންދިޔުމާއި ގުޅިގެން ނެވެ.

ދެކުނު އޭޝިއާގެ ޤައުމުތަކުގެ ތެރެއިން އެންމެ ނުރައްކާތެރި ޙާލަތެއްގައި އިންޑިއާ އޮތް އިރު، ބަންގްލަދޭޝް، ޕާކިސްތާން، ނޭޕާލް، ސްރީލަންކާ އަދި އަފްޣާނިސްތާނުގެ ޙާލަތުވެސް އަންނަނީ ގޯސްވަމުން ނެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އޭޕްރީލްމަހުގެ ނިޔަލަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ އިންޑިއާއިން ނެވެ. ނަމަވެސް އެޤައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ހުއްޓުމަކަށް އައުމުން ރާއްޖެއަށް ފަތުރުވެރިން އަންނަ ޖުމްލަ އަދަދަށް ވަނީ އަސަރުކޮށްފައެވެ.

އިންޑިއާ ފަތުރުވެރިން ރާއްޖެ އައި އިރު، އެވްރެޖްކޮށް ކޮންމެ ދުވަހަކު 3000 އެއްހާ ފަތުރުވެރިން އަންނަމުން ދިޔައެެވެ. އެކަމަކު މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު ރާއްޖެއަށް އަންނަނީ 2000 އެއްހާ ފަތުރުވެރިން ނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.