ޚަބަރު ފީތާ

ޖާނަލިސްޓުންގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ކެނެޑާއިން ގޮވާލައިފި

ޣައްޒާއަށް ދިން ޙަމަލާތަކުގައި ބައިނަލްއަޤްވާމީ މީޑިއާގެ ފަރާތްތަކުން ބޭނުންކުރަމުން ދިޔަ އިމާރާތަކަށް އިޒްރާއީލުން ޙަމަލާދީ ބިމާއި ހަމަކޮށްލާފައި ވާތީ ކެނެޑާއިން އެކަމާއި ކަންބޮޑުވުން ފާޅުކޮށް، ނޫސްވެރިންނަށް ބޭނުންވާ ރައްކާތެރިކަމާއި ހިމާޔަތް ކަށަވަރު ކޮށްދިނުމަކީ ކޮންމެހެންވެސް ކުރަން ޖެހޭނެކަމަށް ބުނެފިއެވެ. މީގެ އިތުރުން ކެނެޑާއި ބުނެފައި ވަނީ، މިހާރު ކުރިއަށް ގެންދާ ޙަމަލާ ބަދަލުކުރުން މިހާރުން މިހާރަށް ވަގުތުން ހުއްޓާލަން ޖެހޭކަމަށެވެ.

ކެނެޑާގެ ޚާރިޖީ ވަޒީރު މާކް ގާނޭއް ބުނެފައި ވަނީ، ކެނެޑާއިން އިޒްރާއީލާއި ވެސްޓް ބޭންކް އަދި ޣައްޒާގެ މަސްރަޙު ބަލަމުންދާ ކަމަށާއި އަދި މިހާރުގެ މަސްރަހާއިމެދު ކަންބޮޑުވާ ކަމަށެވެ. ދެފަރާތުން ވެސް މިހާރުން މިހާރަށް ޙަމަލާތައް ހުއްޓާލަން ޖެހޭ ކަމަށާއި، އާންމު ރައްޔިތުންނާއި ރެފިއުޖީން އަދި ނޫސްވެރިންނާއި މީޑީއާގައި މަސައްކަތް ކުރާ އެންމެހާ ފަރާތްތަކުގެ ރައްކާތެރިކަމަށް އިސްކަންދީ ހިމާޔަތް ދޭން ޖެހޭ ކަމަށްވެސް ގާނޭއެ ބުނެފައިވެއެވެ.

ގާނޭއެ ގެ ޓްވީޓްގައި ނޫސްވެރިންގެ ރައްކާތެރި ކަމަށް ތަކުރާރުކޮށް ގޮވާލާފައިވެއެވެ.

Like
Like Love Haha Wow Sad Angry

މިލިޔުމަށް ޚިޔާލު ފޮނުވާ "ޖާނަލިސްޓުންގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ކެނެޑާއިން ގޮވާލައިފި"

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.