
އެމްއޯސީގެ ރައީސްކަމަށް ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް ؟!
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ރައީސްކަމަށް ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އައުމަށް މަސައްކަތް ފަށައިފިއެވެ.
އިލްހާމް އަހުމަދު އެމްއޯސީގެ ރައީސްގެ މަގާމަށް ގެނައުމަށް މިހާރު މަސައްކަތްފަށާފައިވާކަމަށް އިލްހާމްގެ ޓީމްގައި ހިމެނޭ މަޖިލީސް މެމްބަރަކުވަނީ ކަށަވަރުކޮށްދީފައެވެ.
އެމްއޯސީގެ ރައީސްކަމަށް އިލްހާމް އައްޔަންކުރަން މައްސައްކަތް ފަށާފައިވާއިރު މިހާރު އެ ކޮމިޓީގެ ރައީސްކަމުގައި ހުންނެވީ މުހައްމަދު ޝަވީދެވެ.
އޮލިމްޕިކް ކޮމިޓީގެ މިހާރުގެ ރައީސް މުހައްމަދު ޝަވީދަކީ އެފްއޭއެމްގެ ރައީސްކަން އިލްހާމް ކުރެއްވިއިރު އޭނާގެ އެޑްވައިޒަރުގެ ގޮތުގައި ހުންނެވި ބޭފުޅާއެވެ.
އިލްހާމް އޮލިމްޕިކް ކޮމިޓީގެ ރައީސް ކަމަށް ނެރުމަށް މަސައްކަތް ކުރުމަށް ކުޅިވަރު ހިންގުމުގެ ދާއިރާގައި މިހާރުވެސް ހަރަކާތްތެރިވާ ޓީމެއް އެކުލަވާލައިފައިވާ ކަމުގެ މައުލޫމާތުވެސް ވަނީ ލިފައެވެ.
އޮލިމްޕިކް ކޮމީޓިގެ މަގާމުތަކަށް މީހުން ކުރިމަތި ކުރާނީ އެސޯސިއޭޝަންތަކުގެ ފަރާތުންނެވެ.



