ފަހަތުން އަރާ ޔުނައިޓެޑު ވިކްޓަރީ ބަލިކޮށް ނިއުރޭޑިއަންޓް ތާވަލުގެ ފަސްވައަށް ޖެހިލައިފި

ނިއުރޭޑިއަންޑް ލީގުގައި ރޭ ކުޅުނު މެޗުން ޔުނައިޓަޑް ވިކްޓްރީ ބަލިކޮށް ތާވަލުގެ ފަސް ވަނަ އަށް ޖެހިލާފައެވެ.

ރޭ ކުޅެވުނު މެޗުން ނިއު އިން ޔުނައިޓެޑު ވިކްޓަރީގެ މައްޗަށް ކުރި ހޯދީ 2-3 އިންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި މެޗުގައި ދެޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔައިރު މެޗުގެ ފުރަތަމަ ލަނޑުޖަހާ ލީޑުނަގާފައިވަނީ ޔުނައިޓެޑު ވިކްޓަރީންނެވެ.

މެޗު ފެށިގެން ތިން މިނެޓު ތެރޭގައި ޔުނައިޓެޑު ވިކްޓަރީގެ ކެރިކް އަންދްރެޖް ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ލީޑުނަގާދީފައެވެ.

ޔުނައިޓެޑު ވިކްޓަރީ ލަނޑުޖަހާ ލީޑުނެގިތާ މާގިނައިރެއްނުވެ ނިއުއިންވަނީ އެޓީމުގެ ފުރަތަމަ ލަނޑުޖަާ މެޗގެ ނަތީޖާ އެއްވަރުކޮށްފައެވެ.

ނިއު އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ 14 ވަނަ މިނެޓުގައި މުހައްމަދު ސަމީރެވެ.

އެހެން ނަމަވެސް އޭގެ މިނެޓު ފަހުން ކެރްކިކް ވަނީ ލަނޑެއް ޖަހައި ޔުނައިޓެޑު ވިކްޓަރީއަށް ދެވަނަ ފަހަރު ލީޑުނަގައިދީފައެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ނިއުގެ މުހައްމަދު ރަޝީދު ވަނީ ލަނޑެއް ޖަހައި އަނެއްކާ ވެސް މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

ދެޓީމު އެއްވަރެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިމުނުނަމަވެސް ފަހުހާފު ނިމެންދަނިކޮށް ނިއުއިންވަނީ އެޓީމުގެ ތިންވަނަ ލަނޑުޖަހާ މެޗުގެ ނަތީޖާ އަނބުރާލާފައެވެ. މި މެޗުން ނިއު އަށް ތިންޕޮއިންޓް ކަށަވަރުކޮށްދިން މި ލަނޑު ޖަހައިދިނީ އަހުމަދު ސުހެއިލް އެވެ.

މިނަތީޖާއާ އެކުވެސް ޔުނައިޓެޑު ވިކްޓަރީ އޮތީ ތާވަލްގެ ހަތަރުވަނާގައެވެ.

އަދި މި މޮޅާއެކު ނިއު ވަނީ 23 ޕޮއިންޓާއެކު ތާވަލްގެ ފަސްވަނައަށް ޖެހިލާފައެވެ. އެހެން ނަމަވެސް މިއަދު ހަވީރު ކުޅޭ މެޗުން ވެލެންސިއާ މޮޅުވެއްޖެ ނަމަ ލަނޑުގެ ތަފާތުން ވެލެންސިއާ އަށް ފަސް ވަނަ ލިބޭނެއެވެ.

ނިއު ވިކްޓަރީ ހަތް ވަނައިގައި ލީގު ނިންމާލީ 19 ޕޮއިންޓާ އެކު އެވެ. އަދި ލީގުގެ ފުލަށް ގޮސް ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވެފައިވާ ބީޖީ އަށް ލިބިފައިވަނީ 17 ޕޮއިންޓެވެ.

 

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.